މުމްބާއީގައި އޮތް "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސް ބައިވެރިވެވަޑައިގެންފި

މުމްބާއީގައި އޮތް "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސް ބައިވެރިވެވަޑައިގެންފި

މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

މިހަރަކާތް ބާއްވާފައި ވަނީ މުމްބާއީގައެވެ. މި ހަރަކާތްކުރިޔަށް ގެންގޮސްފައި ވަނީ ދެފަރާތައްވެސް މަންފާ ކުރާގޮތަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުންނެވެ. މިހަރަކާތުގައި ގިނަ ޢަދަދެއްގެ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން ވެސް ބައިވެރިވިއެވެ.

މިހަރަކާތުގެ ކުރިން ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ މުޚާއްތުބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވިއެވެ.
ރައީސޫލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *