ރާއްޖެއާއި އިންޑިއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވެޕެއްގައި ސޮއިކޮށްފި

ރާއްޖެއާއި އިންޑިއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވެޕެއްގައި ސޮއިކޮށްފި

އިންޑިއާގެ ސެންޓްރަލް ބޭންކު، ރިޒާވް ބޭންކް އޮފް އިންޑިއާއާއި ރާއްޖޭގެ ސެންޓްރަލް ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަގުތެއްގަ އެވެ.

ދެގައުމުގެ މެދުގައި ސޮއިކުރި އެ ކަރަންސީ ސުވެޕުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެ އެވެ.އެއީ އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ އަދި އިންޑިއާ ރުޕީ މެދުވެރިކޮށެވެ. އެގޮތުން އެމްއެމްއޭއަށް 400 މިލިއަން ޑޮލަރުގެ އިތުރުން އިންޑިއާއިން  30 ބިލިއަން ރުޕީސައާ ޖަމައަށް އެކި ފަހަރުމަތިން ސުވޮޕް ނެގެން ހުންނާނެ އެވެ.

ޑޮލަރު ނުވަތަ ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅެއްކަމަށް ސަރުކާރުން ބުންޏެވެ.

އެގޮތުން އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވާނެއެވެ. އަދި މިއީ ދެ ގައުމު ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެކެވެ.

މިހާތަނަށް އެމްއެމްއޭ އިން ވަނީ 700 މިލިއަން ޔޫއެސް ޑޮލަރުގެ ސްވޮޕް ތެރޭން ބޭނުންކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *