އައްޑޫގައި، އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

އައްޑޫގައި، އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގައިމުކުރުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިއާއާ ދެމެދު މަޝްވަރާ ކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނަރެންދުރަ މޯދީއާއި ބައްދަލު ކުރައްވައި މިއަދެވެ.

އެ ބައްދަލުވުމުގައި އިންޑިއާގެ ބަންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމުގެ ވާހަކަތަކެއް ކުރީ ސަރުކާރުގައި ވެސް ދެކެވުނެވެ. އެއިރު އެކަމާ އެންމެ ދެކޮޅު ހަދައި އަޑުއުފުލީ މިހާރު ވެރިކަމުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *