ރުފިޔާއިން މުއާމަލާތް ކުރަން ޗައިނާގެ މަރުކަޒީ ބޭންކާއެކު ރާއްޖެއިން އެއްބަސްވުމަކަށް

ރުފިޔާއިން މުއާމަލާތް ކުރަން ޗައިނާގެ މަރުކަޒީ ބޭންކާއެކު ރާއްޖެއިން އެއްބަސްވުމަކަށް

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު، ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހި ކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކޮށް، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.

"މި ފަހުމުނާމާގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދ،ު ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓް ކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ،" މިނިސްޓްރީން ބުންޏެވެ.

އަދި ބުނީ އެ އެއްބަސްވުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ތެރެއިން މުހިންމު ފިޔަވަޅަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *