"ފިޗް"އިން ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކުރީ މި ސަރުކާރުން ކުރި ކަމަކުން ނޫން: ސައީދު

"ފިޗް"އިން ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކުރީ މި ސަރުކާރުން ކުރި ކަމަކުން ނޫން: ސައީދު

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކޮށްފައިވަނީ މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރި ކަމަކުންނޫން ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، އަލަށް އެކުލަވައިލި ފޮރިން އިންވެސްޓްމެންޓްގެ ބިލް ރައީސުލްޖުމްހޫރއިްޔާ ތަސްދީގު ކުރެއްވުމުން، އެބިލުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނަނާނެ ހެޔޮ ބަދަލުތަކާބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިކަކު ކުރި ސުވާލަށް ޖަވާބު ދެއްްވަމުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ 29 ގައި ފިޗް އިން ނެރުނު ރިޕޯޓުގައި، މި އަހަރުގެ ތެރޭގައި ފިޗުން ރާއްޖޭގެ ރޭޓިން ދެވަނަ ފަހަރަށް ދަށްކޮށްފައި ވަނީ، "ސީސީ" އަށެވެ. އޭގެ ކުރިން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް" ގެ މިދިޔަ ޖޫން މަހު ފިޗް އިން ވަނީ "ސީސީސީ ޕްލަސް" އަށް ދަށްކޮށްފައެވެ.

ގާނޫނެއް ހެދި ނަމަވެސް ރާއްޖެއަށް ފޮރިން އިންވެސްޓަރުން އައުމުގައި، ރާއްޖޭގެ އިގްތިސާދު ރަނގަޅު ވުން ހިމެނޭއިރު މިއަހަރުގެ ތެރޭގައި ދެ ފަހަރަށް ރާއްޖޭގެ ރޭޓިން ފިޗް އިން ދަށްކޮށްފައި ވާތީ ނޫސްވެރިން ސުވާލު ކުރުމުން ސައީދު ވިދާޅުވީ ފިޗް އިން އެބުނަނީ މިސަރުކާރުގެ ވާހަކަ ނޫން ކަމަށެވެ.

ސައީދު ވިދާޅުވީ، ފިޗުގެ ރޭޓިން ދަށްވުމަކީ، ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ މަސައްކަތްޕުޅުގެ ވާހަކަ ނޫން ކަމަށެވެ.

"މިސަރުކާރުގެ ވާހަކައެއް ނޫން ފިޗުން ބުނެފައި އެވަނީ، ފިޗުން ބުނަނީ ނުކަތާވަރަށް ފައިސާ ޗާޕްކޮށްފަ ހުރި ވާހަކަ އާއި ނުކަތާ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުކޮށްފަ ހުރި ވާހަކަ އާއި އެކްސްޕެންޑިޗާ ނެޝަނަލައިޒް ނުކުރާ ވާހަކަ އާއި އާމްދަނީ އިތުރު ކުރުމުގައި، މިއޮތް ހުރިހާ ޒަމާނެއް ވީއިރުވެސް އިތުރު ގޮތް ތަކެއް ހޯދާފައި ނެތް ވާހަކަތައް، މޫޑީޒުންނާއި އައިއެމް އެފުންނާއި ވޯލްޑް ބޭންކުންވެސް ތަކުރާރުކޮށް ބުނަނީ އެވާހަކަ،" ސައީދު ވިދާޅުވިއެވެ.

އެފަރާތް ތަކުން އެކަންތައް ފާހަގަ ކުރި ނަމަވެސް، ސައީދު ވިދާޅުވީ މިހާ ހިސާބަށް އައިއިރު އެއްވެސް ސަރުކާރަކުން އާމްދަނީ ޑައިވާސިފައި ކުރަން ކަމެއް ކޮށްފައި ނެތް ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރަށް 9 މަސް ވެެގެން ދިޔައިރު، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ބޮޑެތި ކަންތައް ތަކެއް ކޮށްފައިވާ ކަަމަށްވެސް ސައީދު ވިދާޅުވިއެވެ.

"މިސަރުކާރުން މިމަހު 12 ވަނަ ދުވަހު ބަންކަރިންގެ ހިދުމަތަށް މި ވަންނަނީ، މި ސަރުކާރު އިކޮނޮމިލް އެކްރިކަލްޗާ ޒޯނެއް 250 މިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ޑިސެމްބަރު މަހު މި ފަށަނީ، މި ސަރުކާރުން އިންޓަނޭޝަނަލް ފައިނޭޝަން ސާވިސަސް އޮތޯރިޓީގެ ގަވާނިން ބޯޑެއް އެކުލަވާލައި، ގަރާރަކުން އުފައްދަވައި. ބަހުރެއިން، ގަތަރު، ޔޫއޭއީ، ސިންގަޕޯ ފަދަ ގައުމު ތަކަށް ޒިޔާރަތް ކޮށްގެން އާބިލެއް އެއޮތީ އެކުލަވާލައިފަ މަޖިލީހަށް އެދަނީ،" ސައީދު ވިދާޅުވިއެވެ.

އޭގެއިތުރުން މި ސަރުކާރުގެ 9 މަސް ދުވަހުގެ ތެރޭގައި، ފޮރިން އިންވެސްޓްމަންޓް ބިލް ވުޖޫދަށް ގެނެސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރަށް މިވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެއްވެސް ފޮރިން ޕޭމެންޓެއް ޑިފޯލްޓެއްނުވެ 70 މިލިޔަން ޑޮލަރުގެ ޑިޕޮސިޓެއް ރައްކާ ކުރެވިފައި އެމްއެމްއޭގެ ސޮވްރިން ޑިވެލޮޕްމެންޓް ފަނޑުގައި އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާކުވެވޑައިގެންނެވީރު، 2 މިލިޔަން ޑޮލަރުވެސް އެ ފަންޑްގައި ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *