ހަރުދަނާ ޖީލެއް ބިނާ ކުރުމަށް، ކޮންމެ މާމައަކާއި ކާފަޔެއްގެ ނަސޭހަތް ބޭނުންވޭ: ރައީސް

ހަރުދަނާ ޖީލެއް ބިނާ ކުރުމަށް، ކޮންމެ މާމައަކާއި ކާފަޔެއްގެ ނަސޭހަތް ބޭނުންވޭ: ރައީސް

ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް، ކޮންމެ މާމައަކާއި ކާފަޔެއްގެ ނަސޭހަތާއި މަގުދެއްކުން ޤައުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ޤައުމީ މާމަ ކާފަ ދުވަހާއި ގުޅިގެން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.

ޤައުމީ ފެންވަރެއްގައި މާމާ، ކާފަ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލު ތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންގެ ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމަކީ މުހިންމުކ ަމެއްކަން ހާމަ ކޮށްދިނުމާއި، ސްކޫލްތަކާއި ހިންގޭ އެހެނިހެން ޕްރޮގްރާމް ތަކުގައިވެސް މިކަމަށް އަހަންމިއްޔަތުކަން ދިނުމުގެ އިތުރުން މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް މި ފަދަ ދުވަހެއް ފާހަގަކުރުމެވެ.

މީގެ އިތުރުން ޢާއިލާގެ ތެރޭގައި މާމަކާފައިންނަށް އޮންނަ ގުޅުން ބަދަހިކޮށް، އެމީހުންނާމެދު އޮންނަ ލޯބި އިތުރުކުރުމާއި، މާމަކާފައިން ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި ދަރިންނާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމެވެ. މީގެ އިތުރުން، އެމީހުނަނަށް ކަމޭހިތުމާއި އެމީހުންނަށް އަޅާލައި، އޯގާތެރިކަމާއެކު އެމީހުންނާމެދު ޢަމަލުކުރުމަށް މުޖުތަމައު އަހުލުވެރިކުރުމަކީ ވެސް މިދުވަސް ފާހަގަ ކުރުމުގެ މުހިންމު ބޭނުމެކެވެ.

މިދުވަހުގެ ތަހުނިޔާ ފޮނުއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާރުލާ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފަޔެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ޤައުމަށް ބޭނުންވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *