ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ލަފާދީފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހަތަރު މެމްބަރުން މިއަދު މަގާމުން ވަކި ކުރައްވައިފި އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އޮންނަ ގޮތުން ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރައްވާނީ ރައީސެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ބެލުމަށްފަހު އަދި މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ އެ ޓްރައިބިއުނަލްގެ އެއް މެމްބަރަކު ފިޔަވައި ދެން ތިބި މެމްބަރުން ވަކިކުރަން ރައީސަށް ލަފާ އެރުވުމަށެވެ. މަޖިލީހުގެ އެ ލަފައާ އެކު އެ މެމްބަރުން ވަކި ކުރެއްވިކަން ރައީސް އޮފީހުން މިއަދު ވަނީ އަންގައިފަ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރި މެންބަރުން:

1. މުހައްމަދު މުނައްވަރު އަލީ – ރައީސް

2. ހުސައިން ޒައިދާން ޖަލީލް – ނައިބު ރައީސް

3. އަހުމަދު އަޝްރަފް – މެންބަރު

4. ހަދީޖާ ނައީމް – މެންބަރު

މަގާމުން ވަކިނުކުރަން ނިންމީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު އެކަންޏެވެ. ކޮމިޓީގެ ނިންމާފައިވަނީ އޭނާ ވަކިކުރަން ނުފެންނަނީ އެ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް ގެނައުމުގައި އޭނާގެ ހެޔޮ ނިޔަތް އޮތް ކަމަށް ބެލެވޭތީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *