މާލީ ސެކިއުރިޓީގައި އިންވެސްޓުކުރަން ބޭރުގެ ފަރާތްތަކަށް ލުއިދިނުމަށް ހުށަހެޅި ބިލު ފާސްކޮށްފި

މާލީ ސެކިއުރިޓީގައި އިންވެސްޓުކުރަން ބޭރުގެ ފަރާތްތަކަށް ލުއިދިނުމަށް ހުށަހެޅި ބިލު ފާސްކޮށްފި

މާލީ ސެކިއުރިޓީޒްގައި އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކަށް ލުއި ލިބޭގޮތް ހެދުމަށް ވިޔަފާރި ރަޖިސްޓްރީ ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މާލީ ސެކިއުރިޓީޒްގައި އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކަށް ލުއި ލިބޭގޮތަށް ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މާލީ ސެކިއުރިޓީސްގެ ބިލެވެ.

ވިޔަފާރު ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބޭނުމެއް ކަމަށް ބިލްގައި ބުނެފައި ވަނީ، ބޭރުގެ ފަރާތްތަކުން ރާއްޖޭގައިނ ސެކިއުރިޓީސްގައި އިންވެސްޓް ކުރެވޭނެ ދާއިރާ ކަނޑައެޅުމާއި އެނޫންވެސް ކަމާގުޅޭ މައިގަނޑު އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

އެގޮތުން މާލީ ސިކިއުރިޓީޒްއާބެހޭ ގާނޫނުގައިވާގޮތުގެމަތިން، އަދި އެ ގާނޫނުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކުން އިސްވެސްޓު ކުރުމަށް މި ގާނޫނު ހުރަސް ނާޅާކަމަށް އިސްލާހުގަިއ ބުނެފައިވެއެވެ.

ނަމަވެސް ސެކިއުރިޓީޒްގައި އިންވެސްޓްކުރަން އެދޭ ބޭރުގެ ފަރާތަކީ އިކުއިޓީގައި އިންވެސްޓްކުރަން އެދޭ ފަރާތެއްނަމަ، ސެކިއުރިޓީޒް މުއާމަލާތެއްގައި އެ ފަރާތަކުން ގަންނަ ހިއްސާގެ މިލްކުވެރިކަން 10 ޕަސެންޓަށްވުރެން އިތުރުވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މާލީ ސެކިއުރިޓީގެ ބިލަށް ގެނައި އިސްލާހުގައި ވަނީ، ބޭރުގެ ފަރާތްތަަކަށް ރާއްޖޭގައު އިންވެސްޓް ކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ހުއްދަކުރާ ބާވަތުގެ ސެކިއުރިޓީސްގައި، އެ ގަވާއިދުގައި ކަންޑައަޅާފައިވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން ބޭރުގެ ފަރާތްތަކަށް އިސްވެސްޓް ކުރުމަށް ހުއްދަ ކުރެވޭނެ ސެކިއުރިޓީޒް އާއި ސެކިއުރިޓީޒްގައި އިންވެސްޓް ކުރެވޭނެ ދާއިރާ، ނުވަތަ ޝަރުތުތަކާއި، އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކެ ކިބައިގައި ފުރިހމަވާންޖެހޭ ޝަރުތުތައްވެސް މި ބިލްގައި ވަނި ބަޔާންކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *