ސްކޫލެއްގައި އޮރިޔާންވި މީހަކު އައިޖީއެމްއެޗުގައި ހުންނަ މިސްކިތަށް ވަދެވެސް އޮރިޔާން ވެއްޖެ

ސްކޫލެއްގައި އޮރިޔާންވި މީހަކު އައިޖީއެމްއެޗުގައި ހުންނަ މިސްކިތަށް ވަދެވެސް އޮރިޔާން ވެއްޖެ

މީގެކުރިން ސްކޫލަކަށް ވަދެ ބަރަހަނާ ވެގެން ހައްޔަރު ކުރި މީހަކު ދޫކޮށްލުމުން ގޮސް އައިޖީއެމްއެޗުގައި ހުންނަ މިސްކިތުގެ ތެރޭގައި ބަރަހަނާ ވެގެން އަނެއްކާވެސް  އެ މީހާ ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތު ތަކުން އެނގޭ ގޮތުގައި، އޭނާ ވަނީ އައިޖީއެމްއެޗުގެ މިސްކިތުގައި ތިބި އަންހެނުން ތަކަކަށް ޖިންސީ ގުނަވަން ދައްކައިފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ. ކޯޓުގައި އޭނާ ވަނީ އެއްވެސް ވާހަކައެއް ދައްކަން ދެކޮޅު ހަދައިފައެވެ.

މީގެކުރިންވެސް މިފަދަ މައްސަލަ ތަކުގައި އޭނާގެ ކުށުގެ ރެކޯޑު އޮވެއެވެ. ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި، މި މީހާ ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި މާލޭގެ ސުކޫލަކަށް ވަދެވެސް ބަރަހަނާ ވެފައި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *