ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމާ ދެކޮޅަށް ހުށަހެލި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމާ ދެކޮޅަށް ހުށަހެލި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރު ކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހެޅުމުން، ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި އެވަގުތު ތިއްބެވި 61 މެންބަރުންގެ ތެރެއިން، މައްސަލަައަށް ބަހުސް ކުރަން ވޯޓު ދެއްވީ 11 މެންބަރުންނެވެ. މައްސަލަ މަޖިލީހުން ބޭރުކުރީ، ދެކޮޅަށް 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަގުސަދުގައި ކަމަށް ބުނެ، ލޭނު މަސްވެރިކަން ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކީ ވަރަށްގިނަ ކަންތައްތަކަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން މަސްވެރިކަމުގެ އާއިލާ ތަކުގެ އާމްދަނީއަށް ކުރާނެ ނޭދެވޭ އަސަރު ފާހަގަ ކުރައްވައި މެންބަރު ވިދާޅުވީ، އެކަމުގެ ހުއްދަ އާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެގެން ދާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބޮޑެތި ވިޔަފާރި ތަކަށް ކަމަށެވެ. އެހެން ކަމުން މި ކޯޓާ ހޯދުމުގެ ފުރުސަތު ދިވެހި އާއްމު މަސްވެރިންނަށް ނުލިބުމުގެ ނަތީޖާއަކަށް ވާނީ، އެމީހުންގެ އާމްދަނީ އާއި ވިޔަފާރިއަށް ބުރޫއެރުން ކަމަށްވެސް ވިދާޅުވިއެވެ.

ކޯޓާ އުސޫލުން ލޭނު މަސްވެރިކަން ކުރެވޭ އުސޫލުތައް ކަނޑައެޅުމަކީ، އެ ކޯޓާގެ ކަޅު ބާޒާރެއް އުފެދިގެން ދިއުމަށް ނުސީދާ ގޮތެއްގައި ހުޅުވާލެވޭ މަގެއް ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިކަމުގެ މާކެޓް މޮނޮޕޮލައިޒް ކުރުމުގެ ބިރުވެރިކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އާޚިރުގައި މިކަމުގެ މާލީ ގެއްލުން ތަހައްމަލްކޮށް މަސައްކަތުގެ ހަމައަގު ނުލިބި ތިބެން ޖެހޭނީ އާއްމު މަސްވެރިންނާއި އެމީހުންގެ އާއިލާތައް ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، ލޭނު މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވެއްޓަށާއި ތިމާވެއްޓަށް އަދި ފަތުރުވެރިކަމުގެ ސިޔާސަތަށްވެސް ދިގުރާސްތާގެ ފޫނުބެއްދޭވަރުގެ ގެއްލުން ތަކެއްވާނެ ކަމަށެވެ.

ލޭނު މަސްވެރިކަމުގެ ސަބަބުން މިޔަރާއި ވެލާ ކަނހަބާއި އެއްމަޑި ފަދަ ހިމާޔަތް ކުރެވިފައިވާ، ނުވަތަ ނެތި ދިއުމުގެ ނުރައްކާ ކުރިމަތިވާއިރު، ކަނޑުގެ ދިރުންތައް ހިފުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މިފަދަ ދިރުން ތަކުގެ އާބާދީ މަދުވުމަކީ އެކި ދާއިރާ ތަކުން އޭގެ ސީދާ އަދި ނުސީދާ ގެއްލުން ރާއްޖެއަށް ކުރާނެ ކަމެއް ކަމަށާއި، މިއީ ދިގުރާސްތާގައި، ކަނޑުއަޑީގެ އީކޯ ސިސްޓަމް ނެތި ފަނާކޮށްލުމަށް މަގު ފަހިވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ފަތުރުވެރި ކަަމުގެ ސިނާއަތަށް ބަލާއި ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންނަށް އެންމެ ހިތްގައިމު ކަމެއްގެ ގޮތުގައި އިސްތިހާރުކުރާ އެއް ކަަމަކީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި، ކަނޑުގެ ދިރުން ތަކުގެ މުއްސަނދިކަން ކަމަށާއ، މިޔަރާއި އެއްމަޑި އާއި ވެލާ ކަހަނބާއި ކޯމަސް ފަދަ ކަނޑު އަޑީގެ ދިރުން ތަކާއެކު ފީނަށް އަންނަ ފަތުރުވެރިންނަކީ ފަރުވެރިކަމުގެ ސިނާއަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ ބަޔަކަށް ވާއިރު، އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާތަށް ގެއްލުންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެކަމުގެ ސަބަބުން ރާއްޖެއިން އެކްސްޕޯޓްކުރާ މަސްވެރިކަމުގެ ބާވަތްތަކަށް ދެވިފައިވާ ލޭބަލް ގެއްލިގެން ދިއުމުގެ ބިއު އެބައޮތް ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ގާނޫނާ ހިލާފު ހަރަކާތްތައް އިތުރުވުމުގެ ބިރުއެބައޮތް ކަމަށާއި، ރާއްޖޭގެ ކަނޑުގެ ވެއްޓަށާއި، ތިމާވެއްޓަށް ފޫ ނުބެއްދޭވަރުގެ ގެއްލުންވާނެ ކަމަށްވެސް މެންބަރު ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *