ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ރަމީޒު ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ރަމީޒު ވަކިކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ މިނިސްޓަރު، އާދަމް ރަމީޒު މަގާމުން ވަކި ކޮށްފިއެވެ.

ރަމީޒު ވަޒީފާއިން ވަކި ކުރިކަން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުވެސް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ރައީސް އޮފީހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިދިޔަ ޖޫން މަހުގެ 27، އިން ފެށިގެން ރަމީޒު ހުރީ ސަސްޕެންޝަނުގައެވެ. ނަމަވެސް ބަލަމުން ދިޔައީ ރަމީޒުގެ ކޮން މައްސަލައެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ރަމީޒު މަގާމުން ވަކި ކޮށްފައި މިވަނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމެންޓު މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު ފާތިމަތު ޝަމްނާޒު ރައީސް މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ބުނެ ހައްޔަރު ކޮށްގެން އެތައް ދުވަހަކު ގެންގުޅުމަށްފަހުއެވެ.

20 ދުވަސް ވަންދެން ބަންދުގައި ބަހެއްޓުމަށްފަހު ޝަމްނާޒު ދޫކޮށްލީ މިދިޔަ ޖުލައި 13، ގައެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ އޭނާއާ ދެކޮޅަށް އެ މައްސަލައިގައި ދައުވާ ނުކުރުމަށެވެ. އެއީ އެއްވެސް ހެއްކެއް ނެތުމުންނެވެ.

ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ރަމީޒެވެ. ޕީޕީއެމްއިން ރަމީޒު ވަކިކުރީވެސް ރައީސް މުއިއްޒަށް ޓިކެޓު ހޯދައި ދިނުމަށް ސިއްރިޔާތުގައި މަސައްކަތް ކުރަމުން ދިޔަ ކަމަށް ތުހުމަތު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *