ހިޔާނާތުގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

ހިޔާނާތުގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

ހިޔާނާތުގެ މައްސަލަތަކުގައި ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރެވޭނެ ގޮތަށް ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބައްދަލުވުމުގައި ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެގޮތަށް ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިހާރު އޮންނަނީ ހިޔާނާތުގެ ތުހުމަތެއް ކުރެވުނު ނަމަވެސް އެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިމެންދެން އެ މުވައްޒަފުންނަށް ވަޒީފާގައި ދެމިތިބެވޭ ގޮތަށް ކަމަށެވެ. އެކަން އެގޮތަށް އޮތުމުގެ ސަބަބުން ހިޔާނަތް ހިންގުމަށް އިތުރު ފުރުސަތު އެ މުވައްޒަފުންނަށް ލިބިގެންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެހެންވެ ނާޒިމް ހުށަހެޅުއްވީ އޭސީސީއަށް މައްސަލައެއް ހުށަހެޅުމުން ތަހުގީގަށް "ފްލެގް"ވާ ހިސާބުން އެ ކަން ކޮމިޝަނުން އެންގުމުން ވަގުތުން ވަކިކުރެވޭ ގޮތަށް މުވައްޒަފުންގެ އޮނިގަނޑު ބަދަލު ކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *