ފަހުވަގުތު ފްރާންސް ބަލިކޮށް ރަން މެޑަލް ހޯދީ ސްޕެއިން

ފަހުވަގުތު ފްރާންސް ބަލިކޮށް ރަން މެޑަލް ހޯދީ ސްޕެއިން

ޕެރިސް އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓުބޯޅައިގެ ފައިނަލްގައި ފްރާންސްގެ މައްޗަށް ކުރިހޯދައި، ސްޕެއިންއިން އިވެންޓްގެ ރަން މެޑަލް ހޯދައިފިއެވެ.

މި އަހަރުގެ ޔޫރޯ ވެ ކާމިޔާބުކ ުރި ސްޕެއިންއިން، ކުޅުނު އޮލިމްޕިކްސް ފައިނަލްގައި، ގޭމްސް ބާއްވާ ގައުމު ކަމަށްވާ ފްރާންސް ބަލިކުރީ 5-3 އިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ފްރާންސެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓްގައި މި ލަނޑު ޖެހީ ފްރާންސްގެ މެދުތެރެއަށް ކުޅޭ އެންޒޯ މިލޮޓް އެވެ.

ނަމަވެސް އެ ލަނޑު ޖެހިތާ ހަ މިނެޓް ފަހުން، މެޗުގެ 18 ވަނަ މިނެޓުގައި ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފާމިން ލޮޕޭޒް އެވެ. އަދި 25 ވަނަ މިނެޓްގައި ފާމިން އިތުރު ގޯލެއް ކާމިޔާބުކޮށް ސްޕެއިން ލީޑު ނަގައިދިނެވެ. އޭގެ ތިން މިނެޓު ފަހުން ސްޕެއިންގެ އަލެކްސް ބައެނާ ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 79 ވަނަ މިނެޓުގައި ފްރާންސްއިން އަނެއްކާވެސް ލަނޑެއް ޖެހި އެވެ. މިއީ އެޓީމުގެ މެގްނަސް އަކްލިއޫޝް ޖަހައިދިން ލަނޑެކެވެ. އަދި މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުވި އިތުރު ވަގުތުގެ ތެރޭގައި ފްރާންސްއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ނަތީޖާ އެއްވަރު ކޮށްދިނީ ޕިލިޕް މަޓޭޓާ އެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ދެ ލަނޑު ޖަހައި ސްޕެއިން މޮޅުކޮށްދިނީ ސާޖިއޯ ކަމޭޔޯ އެވެ. އެގޮތުން އޭނާ ލަނޑުތައް ޖެހީ 100 ވަނަ މިނެޓާއި 121 ވަނަ މިނެޓުގަ އެވެ.

މި މޮޅާއެކު ސްޕެއިންއިން އޮލިމްޕިކްސް ފުޓުބޯޅައިގެ ރަން މެޑަލް ހޯދިއިރު، އެ ގައުމަކީ އެންމެ ފަހުގެ ފިރިހެނުންގެ ޔޫރޯ، އަންހެނުންގެ ވޯލްޑް ކަޕް، ދެ ޖިންސުގެ ނޭޝަންސް ލީގު އަދި ދެ ޖިންސުގެ 19 އަހަރުން ދަށުގެ ޔޫރޯގެ ވެސް ޗެމްޕިއަނުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *