އެމްއެމްއޭއަށް 5 މެނޭޖިން ޑިރެކްޓަރުން ހޯދަނީ

އެމްއެމްއޭއަށް 5 މެނޭޖިން ޑިރެކްޓަރުން ހޯދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ފަސް މެނޭޖިން ޑިރެކްޓަރު ހޯދަން މިރޭ އިއުލާންކޮށްފި އެވެ.

އެމްއެމްއޭއިން ގެޒެޓުގައި މިރޭކުރި އިއުލާނެއްގައި ބުނީ މެނޭޖިން ޑިރެކްޓަރުން ހޯދަނީ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިން އޮޕަރޭޝަންސް، ކޯޕޮރޭޓް ސާވިސަސް އަދި ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓަށް ދާއިރާއަށް ކަމަށެވެ.

އެ ދާއިރާތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރައަކީ 50,0000 ރުފިޔާއާއި 55,000.00 ރުފިޔާއާ ދެމެދު ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ މަގާމަށް މީހުން ހޮވުމުގައި ބަލާނީ ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖްރިބާއަށާ އިންޓަވިއު އެސެސްމަންޓް ނަތީޖާއަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ. މަގާމަށް ބޭނުންވާ ތައުލީމީ ފެންވަރު، ތަޖްރިބާ އަދި ހުނަރު ޓާމްސް އޮފް ރިފަރަންސް ގައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ،

މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ ފަރާތެއްގެ ސީވީ، ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، އައިޑީ ކާޑު ކޮޕީ، ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ މީހެއްނަމަވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް އަދި ދައުލަތުގެ އެއްވެސް އިދާރާއަކަށް ހިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް ހުށަހަޅަންވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ ހުރިހާ ލިޔުމެއް އެމްއެމްއޭއަށް ހުށަހަޅަންވާނީ މިމަހުގެ 22 ގެ މެންދުރު 13:00 ގެ ކުރިން careers.mma.gov.mv މެދުވެރިކޮށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އަދި ބުނީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ގުޅާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *