ފާޚާނާގައި ފެންވަރަން ހުރި މީހަކަށް ވަޅިން ހަމަލާދިން މީހަކު 7 އަހަރަކަށް ޖަލަށް

ފާޚާނާގައި ފެންވަރަން ހުރި މީހަކަށް ވަޅިން ހަމަލާދިން މީހަކު 7 އަހަރަކަށް ޖަލަށް

ފާޚާނާގައި ފެންވަރަން ހުރި މީހަކު، ފާހާނާއިން ނެރެ ވަޅިން ހަމަލާދިން މީހަކު 7 އަހަރަކަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސައިގައި ހުކުމް ކޮށްފައި ވަނީ މ. ގޯލްޑަންލީފް އަހްމަދު ނަބީލްގެ މައްޗަށެވެ. އޭނާއާ ދެކޮޅަށް ދައުލަތުން ކޯޓަށް ހުށަހަޅާފައި ވަނީ، 16 އޯގަސްޓް 2023 ވަނަ ދުވަހު ގ. އަރުތަވިލާގޭ ކޮޓަރިއެއްގެ ފާޚާނާގައި ރ. ރަސްގެތީމު އިރުދޭމާގޭ އަހްމަދު ވިޝާމް ފެންވަރަށް ހުއްޓައި، އޭނާ ފާޚާނާއިން ނެރެ ވަޅިއަލުން އޭނާއަށް ހަމަލާދިން މައްސަލައެކެވެ.

ވަޅިން ވިޝާމްގެ ނިއްކުރި އާއި ވާތްފަރާތުގެ ކޮނޑާ ދިމާލުން ބުރަކައްޓަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށްވެސް ދައުވާގައި ވެއެވެ. އެހެން ކަމުން އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށެވެ. އެހެން ކަމުން އެކަމުގެ އުގޫބާތެއްގެ ގޮތުން ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށްވެސް އެހުކުމްގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *