ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހެނބަދޫން ދެ މީހުން ހައްޔަރު ކޮށްފި

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހެނބަދޫން ދެ މީހުން ހައްޔަރު ކޮށްފި

ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށް، އަންދާލީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރެވެ.

ފުލުހުން މިއަދު މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދީ އަދި ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އިތުރު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރު ކުރީ 33 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަރުޖަމާން، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި ދެ ފުލުހެއްގެ ސައިކަލަށް ގެއްލުން ދިނީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *