ބީއެމްއެލްއަށް އޮޅިގެން ފޮނުވުނު ފައިސާ އަނބުރާ ހޯދައިފި، އެޕް މިހާރު ބޭނުން ކުރެވޭ

ބީއެމްއެލްއަށް އޮޅިގެން ފޮނުވުނު ފައިސާ އަނބުރާ ހޯދައިފި، އެޕް މިހާރު ބޭނުން ކުރެވޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް އެކައުންޓަކަށް އޮޅިގެން ފޮނުވުނު ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދައިފައިވާ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލްގެ ބައެއް އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލައެއް ފެންމަތިވިއެވެ. އަދި ފަހުން ބީއެމްއެލް އެޕްވެސް ވަނީ ޑައުންވެފައެވެ.

ބީއެމްއެލް އިން މިއަދު ބުނީ އެއީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި ދިމާވި "ހިއުމަން އެރާ"އެއްގެ ސަބަބުން ބައެއް އެކައުންޓްތައް އޮޅިގެން ފައިސާ ޖަމާ ކުރެވުނު ކަމަށެވެ. އަދި އެ އެކައުންޓްތައް ދެނެގަނެ، އެ ފަައިސާ އަނބުރާ ހޯދާފައިވާ ކަަަމަށް ބީއެމްއެލުން ބުންޏެވެ.

އަދި ބުނީ މި މައްސަލަ ދިމާވެފައި ވަނީ ޕޭރޯލް ޕްރޮސެސިންއަށް ބޭނުންކުރާ ބަލްކް ޕޭމަންޓަށް ދާދި ފަހުން ގެނައި ބަދަލާއި ގުޅިގެން ކަަމަށެވެ. އަދި މިކަމުގެ ސަބަބުން މާލީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

އެ ބޭންކުން ބުނީ މޯބައިލް އެޕްލިކޭޝަން ވެސް މިހާރު ރަނގަޅަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޭންކުގެ ސިސްޓަމްތަކަކީ ރައްކާތެރި ސިސްޓަމްތަކެއްކަން ކަސްޓަމަރުންނަށް ޔަގީންކަން ދޭ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *