ރައީސް ސޯލިހުގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތަފްސީލުތައް ހޯދަނީ

ރައީސް ސޯލިހުގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތަފްސީލުތައް ހޯދަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ތަފުސީލުތައް ހޯދުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާނެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ދެ ބިލިއަން ރުފިޔާއަށް ވުރެ ގިނައިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައި ކަމަށެވެ.

"ބަދަލުގެ ގޮތުގައި ރަނގަޅު ބަދަލުތައް ދެވިފައި ހުންނާނެ. އެހެން ނަމަވެސް މިހާ ބޮޑު އަދަދެއް ރައްޔިތުންގެ ފައިސާއިން ބަދަލުގެ ގޮތުގައި ދެވިފައި އޮތްއިރު އެބަ ޖެހޭ ބަލައިލަން ބަދަލުގެ ގޮތުގައި ދީފައި ވަނީ ކޮންގޮތަކަށްތޯ," މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޕީޖީ މެންބަރެއް ކަމަށްވާ

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެއީ ވަކި ބަޔަކަށް ޓާގެޓުކޮށްގެން ކޮމިޓީން ބަލަން ނިންމި ކަމެއް ކަމަށެވެ.

"ޖީއެމްއާރު ބޭރުކުރި މައްސަލައާއި, އެހެން މައްސަލަތަކާއި މި ހުރިހާ ކަމެއް ހިނގާފައި ވަނީ ރަނގަޅަށްތޯ ބަލަމާ. އަދި އެމްޑީޕީގެ ކުރީގެ ސަރުކާރާ ޔާމީން ސަރުކާރާ, ބަދަލު ދިނުން ހިނގާފައި އޮތީ ރަނގަޅަށްތޯ ބަލަން ހިނގާ. އެވަރު ގަޓު ހުންނަން ޖެހޭނެ. ވަކި ތާރީހެއް ޖަހައި ވަކި އެއްޗެއްގެ ވަކި މީހެއްގެ ގައިގައި ހިފަން އުޅެގެން ނުވާނެ," ޣަފޫރު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *