މަޖިލީހުގެ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ފަލާހު

މަޖިލީހުގެ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި އެ ކޮމިޓީގެ މުގައްރިރަކަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕު ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު އައްޔަން ކުރައްވައިފި އެވެ.

އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަންކޮށްފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން އިމްރާން ލަތީފެވެ.

ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީގައި 11 މެންބަރުން ތިއްބަވާއިރު މެމްބަރުން ކަނޑައެޅުމުގައި މާލޭގެ އިތުރުން ކޮންމެ ސިޓީއަކުން މަޖިލިހުގެ މެމްބަރަކު ކަނޑައަޅަން އިސްކަން ދީފައިވެ އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

1- އިބްރާހިމް ފަލާހު (އިނގުރައިދޫ ދާއިރާ)

2- ހުސައިން އިމްރާން ލަތީފު (ހެންވޭރު ދެކުނު ދާއިރާ)

3- މުހައްމަދު ދާއޫދު (ކުޅުދުއްފުށި އުތުރު ދާއިރާ)

4- މުހައްމަދު ސިނާން (ހިތަދޫ އުތުރު ދާއިރާ)

5- އިބްރާހީމް ނާޒިލް (ހިތަދޫ ދެކުނު ދާއިރާ)

6- އަލީ ފަޒާދު (ފުވައްމުލަކު މެދުދާއިރާ)

7- މުހައްމަދު އިސްމާއީލް (ވިލިމާލެ ދާއިރާ)

8- ހުސައިން ޝަރީފު (ހުޅުމާލެ އުތުރު ދާއިރާ)

9- މުހައްމަދު އިބްރާހީމް (ގަލޮޅު އުތުރު ދާއިރާ)

10- އަސްމާ ރަޝީދު (މާފަންނު މެދުދާއިރާ)

11- އަހުމަދު ޒަމީރު (މައްޗަންގޮޅި މެދުދާއިރާ)

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *