ޑްރޯން ބޭނުން ކޮށްގެން އިދިކޮޅު ޓީމުގެ ޕްރެކްޓިސް ވަގަށް ބެލި ކެނެޑާގެ އަންހެން ޓީމަށް ފީފާއިން ބޮޑު އަދަބެއް

ޑްރޯން ބޭނުން ކޮށްގެން އިދިކޮޅު ޓީމުގެ ޕްރެކްޓިސް ވަގަށް ބެލި ކެނެޑާގެ އަންހެން ޓީމަށް ފީފާއިން ބޮޑު އަދަބެއް

ޕެރިސް އޮލިމްޕިކްސްގައި ވާދަކުރާ ކެނެޑާގެ އަންހެން ފުޓުބޯޅަ ޓީމުން 6 ޕޮއިންޓް ކަނޑައި، އެޓީމުގެ ކޯޗަށް 1 އަހަރުގެ ސަސްޕެންޝަނެއް ފީފާއިން ދީފިއެވެ.

ފީފާއިން ކެނަޑާ ޓީމާމެދު ފިޔަވަޅު އެޅީ އޮލިމްޕިކްސްގައި ޑްރޯން ބޭނުންކޮށް، އިދިކޮޅު ޓީމު ނިއުޒީލެންޑްގެ ޓްރެއިނިން ވަގަށް ބެލުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން ފީފާއިން ވަނީ އެޓީމުގެ ތިން ކޯޗުން 1 އަހަރަށް ސަސްޕެންޑް ކޮށްފައެވެ.

ކެނަޑާއަށް މި އަދަބު ދީފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައާއި ގުޅިގެން ފީފާއިން ވަނީ ކެނެޑާގެ ފުޓުބޯޅަ ފެޑެރޭޝަން 226،000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ. މަކަރު ހެދި މެޗުގައި ނިއުޒީލެންޑް އަތުން 2-1 ން ކެނެޑާ މޮޅުވި ނަމަވެސް، އެ ޓީމުގެ 6 ޕޮއިންޓް އުނިކޮށްފައި ވާތީ ގުރޫޕުގެ ބާކީ ހުރިހާ މެޗަކުން މޮޅުވުން ކެނަޑާއަށް މަޖުބޫރު ވާނެއެވެ.

ކެނެޑާއިން ދެން ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގްރޫޕުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ފްރާންސްއާއެވެ. މި މެޗު ކުޅޭނީ މިއަދު ޕެރިސްގެ ސެއިންޓް އެޓިއެން ސްޓޭޑިއަމްއެއްގައެވެ. އަދި ކެނަޑާގެ ފަހު މެޗުގައި އެ ޓީމުން ކޮލަމްބިއާ އާއި ބައްދަލު ކުރާނީ ބުރާސްފަތި ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *