ފުއާދުގެ ފޮތް އިފްތިތާހު ކުރުމަށް މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް ނެރެފި

ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް ނެރެފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް، "ގޮތުގައި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ހަދިޔާ ކުރައްވައިފިއެވެ.

މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް އިފުތިތާހު ކޮށްދެއްވާފައެވެ.

ރައީސް އޮފީހުގައި މިއަދު އޮތް އިވެންޓުގައި ފުއާދުގެ ފޮތް، ރައީސް ޑރ މުހަންމަދު މުއިއްޒު އިފްތިތާޙު ކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީ ލިޔުއްވާފައިވާ 190 ސަފުހާގެ މި ފޮތުގައި، ޤައުމީ ޚިދުމަތްތެރިޔާ ފުޢާދު ތައުފީޤުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަ ތަކެއް ތަފުސީލާއެކު ހިމެނެއެވެ. އެގޮތުން ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުން ކޮށްގެން ފުޢާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ޖަމުޢިއްޔާގެ ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް މި ފޮތުގައި ހިމެނެއެވެ.

މީގެއިތުރުން އިލެކްޝަންސް ކޮމިޝަނުގައި ފުޢާދު ކުރެއްވި އާދަޔާ ޚިލާފު މަސައްކަތްތަކާއި، ތަޖުރިބާތައްވެސް މި ފޮތުގައި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *