ހިއުމަންރައިޓްސް ކޮމިޝަނަށް ހަބީބު އައްޔަން ކުރަން ކޮމިޓީން ފާސް ކޮށްފި

ހިއުމަންރައިޓްސް ކޮމިޝަނަށް ހަބީބު އައްޔަން ކުރަން ކޮމިޓީން ފާސް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިސްމާއީލް ހަބީބު އަބްދުއްރަހީމް، އެ ކޮމިޝަނަށް އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.

ހަބީބު މީގެކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރެއްގެ ގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ. ނަމަވެސް އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު މިދިޔަ މާޗު މަހު އޭނާ ވަނީ ކޮމިޝަނުން ވަކިވެވަޑައިގެންފައެވެ.

ހަބީބު، އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ގައެވެ. ކޮމިޝަން މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަބީބު ފިޔަވައި ދެން ތިއްބެވި، އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައްވެސް ރައީސް މަޖިލީހަށް ފޮނުއްވި ލިސްޓުގައި ހިމަނުއްވާފައިވެއެވެ.

ނަމަވެސް ކޮމިޓީން ފާސް ކުރީ ހަބީބުގެ ނަން ކަމުން މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ނިންމުން ފޮނުވުމުން މަޖިލީހުގައި ވޯޓަށް އަހާނީ ހަބީބުގެ ނަމަށް އެކަންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *