މަހުން ޑިއުޓީ ކުޑަކުރަން އީޔޫ ސަފީރާއެކު މަޝްވަރާކޮށްފި

މަހުން ޑިއުޓީ ކުޑަކުރަން އީޔޫ ސަފީރާއެކު މަޝްވަރާކޮށްފި

ރާއްޖެއިން، ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މަރިއާ ކާމެން މޮރޭނާއާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާކުރައްވައިފި އެވެ.

މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ ވަނީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުއްވައިފަ އެވެ. އެ ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ވަނީ މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސް ވަނީ އީޔޫއާއެކު ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ސަފީރާ މަޝްވަރާ ކުރައްވައިފައި ކަމަށެވެ.. އަދި ވަނީ ރާއްޖެއިން ސަމޯއާ އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

،ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް އީޔޫން ނިންމީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން، ރާއްޖެ ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓަށް ބަދަލުވުމާ ގުޅިގެންނެވެ.

އީޔޫއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 1983 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *