މިނިވަން ކަމަކީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތް: ނައިބު ރައީސް

މިނިވަން ކަމަކީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތް: ނައިބު ރައީސް

މިނިވަން ކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތް ކަމަށާއި ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލު ވާނީވެސް މިނިވަންކަން އޮވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައި، ދެއްވި މި ވީޑިޔޯ މެސެޖުގައި ރާއްޖެއަކީ މިނިވަން ކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއްކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަން ކަމަށް ބަޔަކު އަތްގަދަ ކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީން ތަކެއް ނުކުމެ ޤައުމު ސަލާމަތް ކޮށްދޭ ކަމުގައިވެސް ވިދާޅުވިއެވެ.

އަދި ދިވެހި މިނިވަން ކަމުގެ ޙައްޤުގައި ޖިހާދު ކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރި ކަމާއެކު އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރި ކުރެއްވުމަށާއި، ޤައުމުގެ ސުލްޙަވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *