ރިއާލް މެޑްރިޑުގެ ޒުވާން ކުޅުންތެރިޔާ އަރްދާ ގުލާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ރިއާލް މެޑްރިޑުގެ ޒުވާން ކުޅުންތެރިޔާ އަރްދާ ގުލާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ރިއާލް މެޑްރިޑުގެ ޒުވާން ތަރި އަރްދާ ގުލާ ޔޫރޯއަށްފަހު، ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ޗުއްޓީގައި ރާއްޖޭގައި އުޅޭކަން އެނގުނީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓަކުންނެވެ. މި ޕޯސްޓުގައި އޭނާ ރާއްޖޭގެ މަންޒަރުތަކާއެކު ނަގާފައިވާ ފޮޓޯތަކެއް ހިމަނާފައިވެއެވެ. ތުރުކީގެ ޤައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ގުލާ ވަނީ ނިމުނު ޔޫރޯ 2024 މުބާރާތުގައި ފާހަގަ ކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. އޭނާގެ ޓީމު ކުއާޓަރ ފައިނަލާ ހަމައަށް ދަތުރުކުރި ނަމަވެސް، ޕޯޗުގަލްއާ ކުރިމަތިލި މެޗުން ބަލިވެގެން ދިޔައެވެ. މި މުބާރާތުގައި ގުލާ ވަނީ ހިތްގައިމު ގޯލެއްވެސް ޖަހާފައެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ރިއާލް މެޑްރިޑުން ގުލާގެ ސޮއި ހޯދީ ފެނަބާޗޭއަށް 22 މިލިއަން ޑޮލަރު ދިނުމަށް ފަހުއެވެ. އޭރު ބާސެލޯނާއިންވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތް ތަކެއް ކޮށްފައެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ގުލާ އެނބުރި ސްޕެއިންގެ ރިއާލް މެޑްރިޑުގެ ތަމްރީނު ތަކުގައި ބައިވެރިވެ، ޕްރީ ސީޒަނުގައި ކުޅޭނެ ކަމަށް ބެލެވެއެވެ.

މިދިޔަ ސީޒަނުގައި ރިއާލްގައި ކުޅެން ލިބުނީ މަދު ފުރުސަތުތަކެއް ނަމަވެސް، މިފަހަރު އޭނާއަށް ގިނަ ފުރުސަތުތަކެއް އެންސެލޯޓީ ދޭނެ ކަމަށް ލަފާކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *