ޓްރަމްޕްގެ ކަންފަތުގައި އެޅި ބެންޑޭޖް – ނަވްރަޓިލޯވާ ބުނީ ޕީއާރު ސްޓަންޓެއް ކަމަށް!

ޓްރަމްޕްގެ ކަންފަތުގައި އެޅި ބެންޑޭޖް – ނަވްރަޓިލޯވާ ބުނީ ޕީއާރު ސްޓަންޓެއް ކަމަށް!

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކަންފަތުގައި އެޅި ބޭންޑޭޖަކީ ޕީއާރު ސްޓަންޓެއް ކަމަށް ބުނެ، ޓެނިސް ތަރި މާޓިނާ ނަވްރަޓިލޯވާ ފާޑު ކިޔައިފިއެވެ.

ނިއުޔޯކުގެ ކޯޓެއްގައި އޮތް އަޑުއެހުމެއްގައި ބައިވެރިވުމަށްފަހު، ޓްރަމްޕް ނުކުތްއިރު އޭނާގެ ކަންފަތުގައި ބޭންޑޭޖެއް އަޅާފައިވާ މަންޒަރު ފެނުނެވެ. މީޑިޔާގެ ސަމާލުކަން ހޯދުމަށް ޓްރަމްޕް މިފަދަ ކަންތައްތައް ކުރާ ކަމަށް ބުނެ ނަވްރަޓިލޯވާ ވަނީ ޓްވިޓަރުގައި ޕޯސްޓެއް ކޮށްފައެވެ.

"އަހަރެން ހިތަށް އަރަނީ މިއީ އޭނާ އަމިއްލައަށް ކުރި ކަމެއް ބާވައޭ. ނޫނީ އޭނާގެ ޕީއާރު ޓީމުން ކުރި ކަމެއް ބާވައޭ. އެކަމަކު މިއީ ޕީއާރު ސްޓަންޓެއް ކަން ކަށަވަރު،" ނަވްރަޓިލޯވާ ބުނެފައިވެއެވެ.

ޓްރަމްޕްގެ ކަންފަތުގައި ބޭންޑޭޖެއް އެޅުމާއި ގުޅޭ ގޮތުން އެކި ފަރާތް ތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ޓްރަމްޕްގެ ކެމްޕޭން ޓީމުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ޓްރަމްޕްގެ ގާތް މީހުން ބުނާ ގޮތުގައި އޭނާގެ ކަންފަތުގައި ކުޑަ އޮޕަރޭޝަނެއް ހަދާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *