ޓެކްސް ޓްރައިބިއުނަލްގެ މައްސަލައެއްގައި ރެޖިސްޓްރާ ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރު

ޓެކްސް ޓްރައިބިއުނަލްގެ މައްސަލައެއްގައި ރެޖިސްޓްރާ ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރު

ޓެކްސްއެޕީން ޓްރައިބިއުނަލްއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ބެހޭގޮތުން،  ޓްރައިބިއުނަލްގެ ރެޖިސްޓްރާ އަބްދުﷲ ހިލްމީ ހާޒިރު ކުރި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ރެޖިސްޓްރާ ހާޒިރުކުރީ މިއަދު 11:00 ގައި އޮތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަށެެވެ. ހާޒިރުކުރާ ފަރާތް އެދިގެން ކަަމަށްބުނެ، މި ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދެވެ. ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒެވެ. އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.

ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ، އެއީ ޓްރައިބިއުނަލާ ބެހޭ ގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް، އަދި ސާފު ކުރަން ނިންމާފައި ވަނީ ކޮން މައުލޫމާތެއް ކަމެއް ވިދާޅެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *