މިވަގުތު ކުރިއަށްދަނީ އައްޑޫ ބްރިޖަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް

މިވަގުތު ކުރިއަށްދަނީ އައްޑޫ ބްރިޖަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅުވައިދޭ ބުރިޖު މަސައްކަތް ތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެ ބުރިޖުގެ މަސައްކަތަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކަަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި، އައްޑޫސިޓީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުަރައްވަމުން މެންބަރު ވިދާޅުވީ، އައްޑޫ ބްރިޖު މަޝްރޫއު ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަތައް ދައްކަމުންދާ ކަމަށެވެވެ. އެހެން ކަމުން ބްރިޖު މަޝްރޫއާބެހޭ އެންމެ ފަހުގެ އަޕްޑޭޓާއި، އެ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައިވާ ގޮތަކީ ކޮބައޮތޯ، އަޒާން ސުވާލު ކުރެއްވިއެވެ.

އަޒާންގެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އައްޑޫ ބްރިޖު މަޝްރޫއަކީ ސަރުކާރުން އެންމެ ބޮޑަށް އިސްދޭ އެއް ޕްރޮޖެކްޓް ކަމަށެވެ، އެހެން ކަމުން އެކަމަށް ޕްރޮޕޯސަލް ހުށަހެޅުއްވި ކުންފުންޏަކީ އެކަމުގެ ކެޕޭސިޓީ ހުރި ބަޔަކަށް ވާތީ އެފަރާތާއި ވާހަކަ ދައްކައިގެން ކުރިއަށްދާ ކަމަށްވެއް ވިދާޅުވިއެވެ.

"އެފަރާތަކީ ކެޕޭސިޓި ހުރި ބަޔަކަށް ވާތީ އެފަރާތާއެކު ސޮއި ކޮށްގެން މަސައްކަތް ތަކެއް ކުރަމުން ދަނީ، ދެން މި ބޭފުޅުންގެ އެންމެބޮޑު ކަމަކީ ކޮންމެ ގޮތެއްވިޔަސް އެ ޕްރޮޖެކްޓަށް ފައިސާ ހަަމަޖެއްސުން،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ކަމުން އެފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުންފުންނަށް އޮންނަނީ ފައިސާ ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

"އެބޭފުޅުންނަށް މި އިންނަނީ އެމްއޯޔޫގެ ދަށުން ފައިސާ އެރޭންޖު ކޮށްދިނުން، ނަމަވެސް ލޯނު ނަގާނީ ސަރުކާރުން، އެރޭންޖު ކޮށްދޭނީ އެބޭފުޅުން،" މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކާ ވާހަކަ ދެއްކުން ކުރިއަަށްގެންދާ ކަމަށާއި، ފައިސާ ހަމަޖެހޭ ހިސާބުން ޕްރޮޖެކްޓް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ފައިސާ ހަމަނުޖެހެނީސް ކޮންމެހެން މިވަގުތު ކޮންޓްރެކްޓަށް ވަންނާކަށް ނޫން، އެހެން ނަމަވެސް މިވަގުތު ކުރެވެމުން މިދަނީ އެފަރާތުން ހުށަހަޅާ ފަރާތްތަކާ ވާހަކަ ދައްކައިގެން ސަރުކާރަށް އެއްބަސްވެވޭ ކަހަލަ ފައިނޭންސެއް، ހަމަޖެހޭތޯ، ހަމަޖެހިޖެ ކަމަށްވަންޏާ އެފަރާތާއެކު ކުރިއަށްދާނަން، ފައިސާ ހަަމަނުޖެހިއްޖެއްޔާ، އެކަން ކުރެވޭނެ އެހެން ފަރާތަކާއެކީ ސޮއި ކޮށްގެން ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ބްރިޖުގެ މަަސައްކަތްތަކާ ގުޅޭގޮތުން މިވަގުތު ކުރިއަށް ދަނީ ސޮއި ކޮށްފައިވާ ފަރާތުން ހުށަހަޅާފައި ހުރި، ފައިނޭންޝަލް ކަންތައްތަަކީ، ސަރުކާރަށް ގަބޫލު ކުރެޥޭ ކަންތައް ތަކެއްތޯ ބަލައި އިވެލުވޭޓް ކުރުމުގެ މަސައްކަތް ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *