ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑު ހަ މައްސަލައެއް މިހާރުވެސް ބަލަމުންގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ޝާމިލް ނުދެއްވައެވެ. އޭނާ ވިދާޅުވީ، ސަރުކާރު ބަދަލުވެ މިހާރު އޮތް ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓް އައިފަހުން ކުރީގެ 25 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އާދަޔާ ޚިލާފަށް ފެނަކައިގެ މައްސަލަތައް ހުށަހަޅާފައި ވާތީ އެ މައްސަލަ ތަކަށް ޚާއްސަ ސަމާލު ކަމެއް ދީގެން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ކުންފުނިތަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ތަހްގީގު ކުރަން ކުރިމަތިވާ މައްސަލަތައް ފާހަގަ ކުރައްވައި އޭސީސީގެ ރައީސް ވިދާޅުވީ، އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ގިނަ މުވައްޒަފުން ބަޔާން ދޭން ދެކޮޅު ހެދުން ކަމަށެވެ. ނަމަވެސް ކުންފުނި ތަކުގެ އިސްވެރިން ބަދަލު ވުމަށްފަހު މުވައްޒަފުން ބަޔާން ދޭން ތައްޔާރުވާ ކަމަށްވެސް ވިދާޅުވިއެވެ.