ޖެހިޖެހިގެން ތިންވަނަ ފަހަރު ކޯޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދައިފި

ޖެހިޖެހިގެން ތިންވަނަ ފަހަރު ކޯޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދައިފި

ކޮޕާ މެރިކާ 2024 ގެ ފައިނަލުގައި ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އާޖެންޓީނާ އިން ޖެހި ޖެހިގެން ދެވަނަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފިއެވެ.

މިއީ އާޖެންޓީނާ އިން ޖެހިޖެހިގެން ކާމިޔާބު ކުރި ތިން ވަނަ ފައިނަލެވެ. އާޖެންޓީނާ ޗެމްޕިއަންކަން ހޯދީ 1-0 ން މޮޅުވެގެންނެވެ. އާޖެންޓީނާއަށް ގޯލު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ. މިއީ އާޖެންޓީނާއިން މި މުބާރާތުގެ ތަށި ހޯދި 16 ވަނަ ފަހަރުވެސްމެއެވެ. ކޮޕާ އެމެރިކާގެ އިތުރުން އާޖެންޓީނާ އިން ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕު ވެސް ކާމިޔާބު ކޮށްފައެވެ.

ހާޑް ރޮކް ސްޓޭޑިއަމްގައި ރޭ ފަތިހު 5:00 ގައި ފަށަން އޮތް މި މެޗު ފަށާފައި ވަނީ ގަޑިއެއްހާއިރު ފަހުންނެވެ. އެއީ މެޗުގެ ކުރިން ޓިކެޓް ނެތް ސަޕޯޓަރުން ތަކެއް ދަނޑަށް ވަނުމާ ގުޅިގެން ހިނގި ހަމަ ނުޖެހުމުގެ ސަބަބުންނެވެ. މި ހަމަނުޖެހުމުގައި އާޖެންޓީނާ އަދި ކޮލަމްބިއާގެ ސަޕޯޓަރުންނަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *