ހަތް މަސް ތެރޭގައި 2،013 ބިދޭސީން ޑީޕޯޓު ކޮށްފިން: ޝައްމާން

ހަތް މަސް ތެރޭގައި 2،013 ބިދޭސީން ޑީޕޯޓު ކޮށްފިން: ޝައްމާން

މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 2،013 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި އިމިގްރޭޝަން އަދި ހޯމް މިނިސްޓްރީން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ ފުލުހުންނާއި ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި މިހާރު ބޮޑަށް އިސްކަމެއް ދެނީ ދިވެއްސަކާއި ނުގުޅި ރާއްޖޭގައި އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ކަމަށެވެ.

"17 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ރާއްޖެއިން ބޭރުކުރެވުނު އަދަދަށް ބަލާއިރު 2013 ފަރާތެއް މިވަނީ 11 ޖުލައި އާ ހަމަޔަށް ރާއްޖެއިން ޑީޕޯޓްކޮށް ބޭރުކުރެވިފައި. މީގެތެރޭ ހިމެނޭ މިދެންނެވި ފަދައިން ވަރަށް ސީރިޔަސް މައްސަލަތަކުގައި ރާއްޖޭގެ އެކިއެކި ދިމާލުގައި އިންވޯލްވަމުންދާ ފަރާތްތައްވެސް." ޝައްމާން ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ ޑީޕޯޓްކޮށްލި ބިދޭސީންގެ ތެރޭގައި ސީރިއަސް ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.

ބިދޭސީން އަމިއްލައަށް ހިންގަމުންދާ ވިޔަފާރިތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 120 ބިދޭސީއާކު ރާއްޖެއިން ޑީޕޯޓު ކޮށްފައިވާ ޝައްމާން ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *