ރާއްޖެއިން 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އެހީއެއް ފަލަސްތީނަށް ހަދިޔާ ކުރަން ނިންމައިފި

ރާއްޖެއިން 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އެހީއެއް ފަލަސްތީނަށް ހަދިޔާ ކުރަން ނިންމައިފި

ރާއްޖެއިން 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ އެހީ ފަލަސްތީނަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ދިވެހި ސަރުކާރުން ހާމަ ކޮށްފިއެވެ.

އދ.ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ "އަންރުވާ ޕްލެޖިންގް ކޮންފަރަންސް" ގައި 1.29 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އެހީއެއް ރާއްޖެއިން ފަލަސްތީނަށް, އަންރުވާ މެދުވެރިކޮށް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށް ރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ ރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދެމުންދާ އެހީ 5،000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން "ފަލަސްޠީނާއެކު ދިވެހީން" މި ނަމުގައި ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯން އިން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އަދި 49,800 އެމެރިކާ ޑޮލަރު އަންރުވާ މެދުވެރިކޮށް, ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައި ކަމަށް ނާސިރު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު ފާހަގަ ކުރައްވައި، މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާ ކަމަށް ނާސިރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *