މެންބަރުންނަށް އިތުރު އިންޝުއަރެންސް ދޭކަށްނުޖެހޭ، ވަކިވީމަ އިނާޔަތް ދޭކަށްވެސް ނުޖެހޭ، އެކަމަކު މުސާރަ ކުޑަ: ޝުޖާއު

މެންބަރުންނަށް އިތުރު އިންޝުއަރެންސް ދޭކަށްނުޖެހޭ، ވަކިވީމަ އިނާޔަތް ދޭކަށްވެސް ނުޖެހޭ، އެކަމަކު މުސާރަ ކުޑަ: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިތުރު އިންޝުއަރެންސް ލިބޭކަށް ނުޖެހޭ ކަމަށާއި މެންބަރުކަމުން ވަކިވުމުން މިހާރު ދެމުން އަންނަ އިނާޔަތްވެސް ދޭންވެސް ނުޖެހޭ ކަމަށާއި، ނަމަވެސް މެމްބަރުންނަށް މިހާރު ދެމުން އަންނަ މުސާރަ ކުޑަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ދޭ އިންޝުއަރެންސް ހިދުމަތަކީ އޭނާ މެންބަރުކަމުން ވަކިވުމުންވެސް އުމުރު ދުވަކަށް ލިބެންޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ގައުމުގެ ވެރިކަން ކުރާ މީހުންނަށް އިނާޔަތްތަކާއި ފަނޑިޔާރުންގެ އިނާޔަތްތަކަށް ބަދަލު އަންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޭނުން ވަނީ ހަމަހަމަ ކަމާއެކު ހުރިހާ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް އޮންނަ ހަމަޖެހޭ އިންޝުއަރެންސް ނިޒާމެއް ކަމަށެވެ.

"މަޖިލިސް މެންބަރުންނަށް އާސަންދަ އޮވޭ، އަދި ލިބޭ ވަކިން އިތުރު އިންޝުއަރެންސް، ސަރުކާރު ހިއްސާވާކުން ފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް އާސަންދަ ލިބޭ އަދި ލިބޭ ކުންފުނިން ލިބޭ އިންޝުއަރެންސް، މީ ދައުލަތަށް ބުރަ ބޮޑުވާކަމެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެންބަރުކަން ކޮށްފައި ވަކިވެގެންދާއިރު އިނާޔަތް ލިބޭ ގޮތަށް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން،" ޝުޖާއު ވިދާޅުވިއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *