ކުށުގެ ވެއްޓާބެހޭ މައުލޫމާތު ދޭން ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި

ކުށުގެ ވެއްޓާބެހޭ މައުލޫމާތު ދޭން ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި

ރާއްޖޭގެ ކުށުގެ ވެއްޓާބެހޭ މައުލޫމާތު ދިނުމަށް ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

އެ މައުލޫމާތުތައް ކޮމިޓީއާ ހިއްސާ ކުރެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ވަނީ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެންފައެވެ.

ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އެބޭފުޅުން ކޮމިޓީއަށް ވަޑައިގެންނެވީ ސިއްރު މައުލޫމާތު ތަކެއް ކޮމިޓީއާ ހިއްސާ ކުރެއްވުމަށް ކަމަށެވެ. އެހެން ކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ފާސް ކުރަން ހުށަހެޅުމެއް ހުށަހެޅުމަށް މެންބަރުންގެ ވެސް ކިބައިން ސަލީމް އެދިވަޑައިގެންނެވިއެވެ.

އެހެންކަމުން ކޮމިޓީ ސިއްރު ކުރަން ކެލާ ދާއިރާގެ މެންބަރު އަބުދުﷲ ޝަރީފް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ވޯޓު ދެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ކޮމިޓީ ސިއްރުކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *