އަންހެނެއްގެ ބޮލުގައި ގަލަކުން ޖެހި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

އަންހެނެއްގެ ބޮލުގައި ގަލަކުން ޖެހި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

އަންހެނެއްގެ ބޮލުގައި ގަލަކުން ޖަހައި، ޒަޚަމް ކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގަލަކުން ޖަހައި، މާރާމާރީ ހިންގި މައްސަލައެއް ރޭ ދަންވަރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައި ވަނީ 46 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ގއ. އަތޮޅުގެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. މި މައްސަލައިގައި އުމުރުން 32 އަހަރު ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައިވެއެވެ. މައްސަލަ ފުލުހުން ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މަސްވެރިޔާ އަލީ ސާޖިދުއެވެ. އޭނާއަކީ މަސްވެރިންގެ ހައްގުގައި އަޑު އުފުލަމުންދާ ސޯޝަލް މީޑިޔާގެ އެކްޓިވިސްޓެކެވެ. އަދި މި ފަހުން ވިލިނގިލީގައި ކުޑަކުއްޖަކަށް ގަނާ ކުރަމުންދާ މައްސަލައެއް ސޯޝަލް މީޑިޔާގައި ފެންމަތިކޮށް، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސް ދީފައި ވަނީވެސް ސާޖިދެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *