ހިޔާ ޓަވަރެއްގައި ކުޑަ ކުއްޖަކަށް އަނިޔާ ކޮށްފި

ހިޔާ ޓަވަރެއްގައި ކުޑަ ކުއްޖަކަށް އަނިޔާ ކޮށްފި

ހިޔާ ޓަވަރެއްގެ ތެރޭގައި ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހިޔާ ޓަވަރެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށެވެ. އެހެންވެ އެ ވިީޑިއޯއާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކުން އެކަން ފުލުހުންނާ ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ.

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ އޮރެންޖު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު، ހުދު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ކުއްޖަކަށް އަނިޔާކުރާ މަންޒަރެވެ. އެއީ ކިހާ އުމުރެއްގެ ކުއްޖެއް ކަމެއް އަދި ޔަގީނެއް ނޫނެވެ. އެގޮތުން އެ ކުއްޖާ ބިން މައްޗަށް ވައްޓާލުމަށްފަހު ގައިގައި ފައިންނާއި އަތުން ޖަހާތަން ފެނެއެވެ.

އަދި "ބެހިއްޖެއްޔާ ކީއްހޭ ކުރާނީ" ތަކުރާރުކޮށް ބުނާ އަޑުވެސް އިވެއެވެ. ކުއްޖާއަށް އަނިޔާކުރި ވަގުތު އެ ތަނުގައި އިތުރު ދެ މީހަކު ހުންނަތަންވެސް ވީޑިއޯ އިން ފެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *