އެމްބާޕޭ ޔޫރޯގައި ޖެހި ފުރަތަމަ ގޯލުން ފްރާންސް ގަދަ 16 އަށް

އެމްބާޕޭ ޔޫރޯގައި ޖެހި ފުރަތަމަ ގޯލުން ފްރާންސް ގަދަ 16 އަށް

ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން ކިލެން އެމްބާޕޭ ޔޫރޯ މުބާރާތެއްގައި ޖެހި ފުރަތަމަ ގޯލުން ފްރާންސް އިން މުބާރާތުން ކަޓާފައިވާ ޕޮލެންޑް އަތުން މޮޅުވެ އެޓީމު ވަނީ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ޔޫރޯ މުބާރާތުގެ ގުރޫޕު ޑީ ގެ ފަހު މެޗުގައި ފްރާންސް އަދި ޕޮލަންޑް ބައްދަލު ކުރި މެޗު ނިމުނީ 1-1 އެއްވަރުވެގެން ނެވެ.

އަނިޔާގެ ސަބަބުން އެމްބާޕޭ ފްރާންސް އިން ނެދަލޭންޑްސް އާއި ވާދަކުރި މެޗުގައި ނުފެނުނެވެ. ނަމަވެސް މިމެޗުގައި އެމްބާޕޭ ވަނީ ފުލްކޮށް ކުޅެފަ އެވެ. ޚަބަރު ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތަށް އެމްބާޕޭ މިމެޗުގައި ފެނުނީ މާސްކެއް އަޅައިގެން ހުއްޓަ އެވެ. އެކަމުގެ ސަބަބުން އޭނާއަށް މީޑިއާގެ ސަމާލުކަމަށް ވަރަށް ބޮޑަށް ހުއްޓުނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ފްރާންސް ގެ ހުރިހާ އެޓޭކެއް ޕޮލެންޑް އިން ވަނީ ހުއްޓުވައިފަ އެވެ. ފުރަތަަމަ ހާފުގެ ކުޅުން ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ހާފު ނިމުނީ ދެޓީމު އެއްވަރުވެގެން ނެވެ. ފްރާންސް އިން ރަނގަޅަށް ކުޅުނު ނަމަވެސް ލާސްޓް ޓަޗުތައް ގޯސްވެ އެޓީމުގެ އެޓޭކުތަކުގައި އޮއްޓަރެއް ނެތެވެ.

ދުވަނަ ހާފުގެ ކުޅުން ފެށިގެން ވެސް އެމްބާޕޭ އަށް އުޅެއުޅެ ވެސް ގޯލެއް ނުޖެހި ގޮނަ އިރުތަކެއް ވިއެވެ. އެމްބާޕޭގެ ގިނަ ހަމަލާތައް ގޯލށް އަމާޒު ކޮށްލާފައި ވާއިރު ޕޮލެންޑް ގެ ކީޕަރު ހުށިޔާރު ކަމާއި އެކު ރަނގަޅު ސޭވްތަކެއް ކުރި އެވެ.

ޕޮލަންޑުގެ ޑިފެންޑަރު ކިވިއާ، ޑެމްބެލޭ އަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ 56 ވަނަ މިނެޓުގައި ފްރާންސަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފްރާންސް އަށް ފުރަތަަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން އެމްބާޕޭ އެވެ.

މެޗުގެ ނަތީޖާ ޕޮލެންޑް އިން ހަމަހަމަ ކުރީ ފްރާންސްގެ ޑިފެންޑަރަކު އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ޕޮލެންޑް އަށް ލިބުނު ޕެނަލްޓީ އަކުން ނެވެ. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ އެޓީމުގެ ކެޕްޓަން ލެވެންޑޯސްކީ އެވެ.

މެޗުގެ ނަތީޖާ ނުކުތް ގޮތުން ފްރާންސް ގަދަ 16 އިން ޖާގައެއް ލިބުނީ ގްރޫޕުގެ ދެވަނައިގައި އޮވެގެން ނެވެ. އެއީ އެޓީމަށް ލަދުވެތި ކަމެކެވެ. އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް ފްރާންސް އަށް މޮޅުވެވިފައި ނުވާއިރު ފުރަތަަމަ މެޗުން އޮސްޓްރިއާ އަތުން މޮޅުވީ އޮސްޓްރިއާ އިން ބައިކޮޅަށް ޖެހި ގޯލަކުން ނެވެ.

ފްރާންސް ގެ ޓީމުގެ ފަރާތުން މިމުބާރާތުގައި ފާހަގަ ކުރެވުނު ކަމަކީ އެޓީމަށް ގޯލު ޖަހަން ބޮޑެތި މައްސަލަ ތަކެއް ކުރިމަތި ވުމެވެ. ގިނަ ފުރުސަތު ތަކެއް އުފައްދި ނަމަވެސް އއޓީމުގެ ފަރާތުން އަދި މުބާރާތުގައި ފެނުނީ އެންމެ ގޯލެކެވެ. މިއީ ޕްރާންސްގެ ގަދަފަދަ ފޯވާޑު ލައިނުން ފެނިގެންދާނެ ކަމަށް އުންމީދު ކުރި ގޮތެއް ނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *