ވަރުގަދަ ނެދަލޭންޑް ބަލިކޮށް އޮސްޓްރިއާވެސް ގަދަ 16 އަށް

ވަރުގަދަ ނެދަލޭންޑް ބަލިކޮށް އޮސްޓްރިއާވެސް ގަދަ 16 އަށް

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރެގްރަރިކްގެ އިރުޝާދުގެ ދަށުން ކުޅެ އޮސްޓްރިއާ އިން ޔޫރަޕިއަން ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ 16 އިން ޖާގައެއް ހޯދައިފި އެވެ.

ނެދަލޭންޑްސް އާއި އޮސްޓްރިއާ ބައްދަލުކުރި ކުރި މެޗުން އޮސްޓްރިއާ މޮޅުވެފައިވަނީ  3-2 ގެ ނަތީޖާއަކުން ނެވެ.

ޔޫރަޕުގެ ފުޓްބޯޅައިގައި ގަދަ ދެބާރު ފްރާންސް އާއި ނެދަލޭންޑްސް އޮތް ގްރޫޕުގެ އެއްވަނަ ހޯދައިގެން ރެގްރަރިކްގެ ކޯޗުކަމުގައި ފާހަގަ ކުރޭ މޮޅު ކުޅުމެއް ދައްކައި އޮސްޓްރިއާ އިން ހޯދާފައި މިވަނީ ހީވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބީ އެކެވެ.

މުބާރާތުގައި މިހާތަނަށް އެންމެ ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި ފުރަތަަމަ ހާފުގައި ގޯލު ޖަހައި ލީޑުނެގީ އޮސްޓްރިއާ އިން ނެވެ. އެހާފު ނިމުނީ 1-0 ގެ ލީޑެއްގައި އޮސްޓްރިއާ އޮވެގެން ނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރުތަކެއް ނުވަނީސް ނެދަލޭންޑްސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޮސްޓްރިއާ އިން އަނެއްކާވެސް 2-1 ލީޑެއް ނެގިއެވެ. މެޗުގެ 75 ވަނަ މިނެޓުގައި އަނެއްކާވެސް ނެދަލޭންޑްސް އިން ގޯލު ޖަހައި ނަތީޖާ އެއްވަރޮކުރި އެވެ.

މެޗު އޮސްޓްރިއާ އަށް މޮޅުކޮށްދިން ގޯލު ޖަހައިދިނީ 80 ވަނަ މިނެޓުގައި ސަބިޓާ ޖެހި ތަފާތު ގޯލަކުން ނެވެ. އެއާއެކު އޮސްޓްރިއާ އިން ލީޑު ފުޅާކޮށް ނެދަލޭންޑްސް ޓީމުގެ އުންމީދުތައް ފުނޑުފުނޑު ކޮށްލި އެވެ.

މި ނަތީޖާ މިގޮތަށް ނުކުތުމުން ނެދަލޭންޑްސް މުބާރާތުގައި ކުރިއަށް ދިއުމަށް އަމިއްލަ ބާރު ކެނޑިއްޖެއެވެ. ފްރާންސް ގްރޫޕުގެ ދެވަނައިގައި އޮވެ ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. މިއީ ޕްރާންސް އާއި ނެދަލޭންޑްސް ލަދުގަންވަލި ނަތީޖާ އެކެވެ.

މިގްރޫޕްގައި ދެން ހިމެނޭ ޕޮލެންޑް ވަނީ މާކުރިން މުބާރާތުން ކަޓައި މުބާރާތުން ފުރަތަމަ ކެޓި ޓީމަކަށް ވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *