ޗެމްޕިއަން އިޓަލީވެސް ގަދަ 16 އަށް

ޗެމްޕިއަން އިޓަލީވެސް ގަދަ 16 އަށް

ފަހުގަޑީ އިޓަލީ ޖެހި ގޯލުން ކްރޮއޭޝިޔާ ގަދަ 16 ކުރަމުން އައި އުންމީދުތައް ފެނަށްވެ އެޓީމު ރޮއްވާލައިފި އެވެ.

ގުރޫޕު ބީ ގައި ކްރޮއޭޝިއާ އަދި އިޓަލީ ބައްދަލު ކުރި މެޗު އެއްވަރުވެ، އެންމެ ފަހުގެ ޗެމަޕިއަން އިޓަލީ ދެވަނަ ބުރަށް ގޮސްފިއެވެ. އަދި ކްރޮއޭޝިއާ މުބާރާތުން ކަޓައިފިއެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިމުނީ އެއްވަރުވެގެން ނެވެ.

ދެވަނަ ހާފުގައި އިޓަލީގެ އޭރިޔާ ތެރެއިން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން، ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު ޕެނަލްޓީ ދީފައެވެ. ކަރޮއޭޝިއާގެ މި ޕެނަލްޓީ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި ނަމަވެސް އިޓަލީގެ ކީޕަރު ވަނީ މި ޕެނަލްޓީ ދިފާއުކޮށްފައެވެ. ނަމަވެސް އެ ބޯޅަ އަލުން ހޯދާ އެ ޓީމުން ވަނީ އިތުރު ހަމަލާއެއް އުފައްދާ މެޗުގައި ލީޑެއް ނަގާފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަހު މިނެޓުގެ ތެރޭ އިޓަލީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒަކަގްނީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *