ހައްޖު ކޯޕަރޭޝަނުން ދިޔަ ހުރިހާ ހައްޖުވެރިން ވަނީ މެނިންގްޖައިޓީސް ވެކްސިން ފުރިހަމަކޮށްފައި: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުން ދިޔަ ހުރިހާ ހައްޖުވެރިން ވަނީ މެނިންގްޖައިޓީސް ވެކްސިން ފުރިހަމަކޮށްފައި: ހައްޖު ކޯޕަރޭޝަން

ރާއްޖެއިން މިއަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ވަނީ މެނިންގްޖައިޓީސް ވެކްސިން ފުރިހަމަކޮށްފައި ކަމަށް ހައްޖު ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިން ވަނީ ސައުދީ ހައްޖު މިނިސްޓަރީގެ ގައިޑްލައިންތަކާއި އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ވެކްސިނެއް ފުރިހަމަކޮށްފައި ކަމަށެވެ. އެގޮތުން ހައްޖުވެރިން ވަނީ ޕޯލިއޯ، މެނިންގްޖައިޓީސް އަދި އިންފުލުއެންޒާ ވެކްސިން ފުރިހަމަކޮށްފައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޕީއޭއިން މިރޭ ބުނީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލި ރާއްޖެއިން ފެނިގެން ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެޗްޕީއޭއިން މިރޭ ބުނީ މެނިންގޯކޮކްލިން ބަލީގެ ކޭސްއެއް ފެނުމާއި ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހަދާ، ކޮންޓްކެޓްވީ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ އިތުރުން ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމަށް ފަށައިފައިވާ ކަމަށެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް:

ބޮލުގައި ރިއްސުން

ކަނދުރާ ވާންވުން

މޭނުބައިކޮށް ހޮޑުލެވުން

ވާނުވާ ނޭނގޭ ގޮތްވުން

ގައިގައި ރަތްބިހި/ލައްތަކެއް ނެގުން

ފިޓުޖެހުން

އަލި ގަދަވުމުން އުނދަގޫވުން

ވަރުދެރަވުން

ނޭވާ އަވަސްވުން

 

ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ:

ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުން

ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން

ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *