ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ، ޙައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައިތާ ތިން ދުވަސް

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ، ޙައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައިތާ ތިން ދުވަސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސް ވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް ދެންމެ ނިޔާވެއްޖެ އެވެ.

ހައްޖުގެ އަޅުކަމަށް ފަހު މީގެ 3 ދުވަސް ކުރިން ރާއްޖެއަށް އައި އާރިފް ބަލި ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެއެވެ.

ބަކާއަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

ބަކާގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ވަނީ މަޝްހޫރު ކުލަބުތައް ކަމުގައިވާ ވެލެންސިއާ، ނިއުރޭޑިއަންޓް، ވިކްޓަރީ، ވީބީ ފަދަ ކުލަބުތަކަށް ކުޅެފައެވެ. އަދި ބަކާ ވަނީ މިޔަންމާ ލީގުގައި ވެސް ކުޅެފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ބަކާ ފުޓްބޯޅަ ކެރިއަރު ފެށީ އައިލެންޑް އެފްސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *