ޔުކްރެއިން އުއްމީދު އާކޮށްފި

ޔުކްރެއިން އުއްމީދު އާކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔުކްރެއިން އަދި ސްލޮވާކިއާ ވާދަކުރި މެޗު 1-2ގެ ނަތީޖާ އަކުން ޔުކްރެއިން ކާމިޔާބުކޮށްފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔޫކްރެއިން އަދި ސްލޮވާކިއާ ވާދަކުރި މެޗު 1-2 ގެ ނަތީޖާ އަކުން ޔޫކްރެއިން ކާމިޔާބުކޮށްފި އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ލަނޑު ޖެހީ ސްލޮވާކިއާ ޓީމުންނެވެ. އެހެންނަމަވެސް މެޗުގެ ދެވަނަ ހާފުގައި ޔުކްރެއިންގެ ކުޅުން އިތުރަށް ވަރުގަދަކޮށް މެޗުގެ ލީޑު ވަނީ ނަގާފަ އެވެ.

ފޯރިގަަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ޔުކްރެއިންގެ ދެ ގޯލުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 17 ވަނަ މިނެޓުގައި ސްލޮވާކިއާ އިން ފުރަތަމަ ގޯލް ޖެހީ ލުކަސް ހަރަސްލިން ތަނަވަސްކޮށްދިން ފުރުސަތަކުން އިވާން ޝްރަންޒެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޔޫކްރެއިން އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ 54 ވަނަ މިނެޓުގައި މި ގޯލު ޔުކްރެއިން އަށް ކާމިޔާބުކޮށްދީފައިވަނީ މިކޮލާ ޝަޕަރެންކޯ އެވެ. މެޗުގެ 80 ވަނަ މިނެޓުގައި ޔުކްރެއިން އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. މިގޯލު ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރޯމަން ޔަރެމްޗުކް އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *