އެމްބާޕޭގެ ފްރާންސްގެ ނަސީބަކަށްވީ އޮސްޓްރިއާ ބައިކޮޅަށް ޖެހި ގޯލެއް

އެމްބާޕޭގެ ފްރާންސްގެ ނަސީބަކަށްވީ އޮސްޓްރިއާ ބައިކޮޅަށް ޖެހި ގޯލެއް

އޮސްޓްރިއާ އަތުން ބައިކޮޅަށް ވަތް ގޯލަކުން 1-0 އިން މޮޅުވެގެން، ވަރުގަދަ ފްރާންސް ހިތްހަމަޖައްސާލައިފި އެވެ.

މެޗުގެ 38 ވަނަ މިނެޓްގައި ފްރާންސް ލީޑް ލިބުނީ އޮސްޓްރިއާގެ ޑިފެންޑަރު މެކްސިމިލިއަން ވޮބާ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އޭރިއާގެ ތެރެއަށް ވަދެ، ސިކްސް ޔާޑް ބޮކްސްގެ ތެރެއަށް ނަގައިދިން ބޯޅަ ދިފާއުކުރަން ވޮބާ އާއި ކެވިން ޑަންސޯ މަސައްކަތް ކުރި އެވެ. ވޮބާގެ ބޮލުން ޖެހި ބޯޅަ ވަނީ އަމިއްލަ ޓީމުގެ ގޯލަށެވެ.

އޭގެ ދެ މިނެޓް ކުރިން، އޮސްޓްރިއާ އަށް ލަނޑު ޖަހާނެ ފުރުސަތެއް ވެސް ލިބުނެވެ. މެޗުގެ 36 މިނެޓްގައި ކްރިސްޓޮފް ބާމްގާޓްނާ ފޮނުވާލި ބޯޅަ ގޯލަށް ވަންނާނެ ކަމަށް، އޮސްޓްރީގެ ޓީމަށް ވަރަށް ބޮޑަށް ހީކުރެވުނެވެ.

ބައިކޮޅަށް ލަނޑު ވަތް ނަމަވެސް، އޮސްޓްރިއާގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްވަރު ކުރި އެވެ. ދެވަނަ ހާފުގައި އެ ޓީމުން ވެސް ކައިރިކައިރީގައި ހަމަލާތައް އުފައްދައި ފްރާންސްގެ ގޯލަށް ނުރައްކާ ކުރި އެވެ.

އެމްބާޕޭ އާއި އެންޓޮއިން ގްރީޒްމަން އަށް ވެސް ފުރުސަތުތައް ތަނަވަސްވި އެވެ. އަދި މާކޯސް ތުރާމް އަށް ވެސް މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ހަމަލާ އުފައްދާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ.

މެޗުގެ އެންމެ ފަހު 10 މިނެޓް، އެމްބާޕޭ ބަދަލުކުރަން ޖެހުނީ އޭނާގެ ނޭފަތަށް ލިބުނު އަނިޔާއެއްގަ އެވެ. ގްރީޒްމަން، އޭރިއާގެ އަރިމަތިން ނަގައިދިން ހިލޭ ޖެހުން ބޮލުން ފޮނުވާލަން މަސައްކަތް ކުރުމުގެ ތެރޭގައި އެމްބާޕޭގެ މޫނު ޖެހުނީ އޮސްޓްރިއާ ޑިފެންޑަރެއްގެ ކޮނޑުގަ އެވެ.

އޭނާގެ ނޭފަތުން ލޭ އަންނާތީ ދަނޑު މަތީގައި ފަރުވާ ދިނުމަށް ދަނޑުން ބޭރަށް ދިޔަ އެވެ. އަލުން ދަނޑަށް އެރީ ރެފްރީގެ ހުއްދަ ނެތި އެވެ. ދަނޑަށް އެރި ގޮތަށް އޭނާ ދަނޑު މަތީގައި އިށީނެވެ. ރެފްރީ، އޭނާ އަށް ރީނދޫކާޑް ދެއްކައި، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް އިންޒާރު ދިނެވެ. މެޗުގެ ފަހު ވަގުތު ފްރާންސް ސަލާމަތްކޮށް ދިނީ އެންގޯލާ ކާންޓޭ އެވެ. އޮސްޓްރިއާގެ ކުޅުލުންތެރިން ކައުންޓަ އެޓޭކުގައި ކުރިއަށް އަރައި ބޯޅަ ފޮނުވާލުމުގެ ކުރިން ކާންޓޭ، އެ ބޯޅަ ސަލާމަތް ކޮށް، ފްރާންސްގެ ކީޕަރަށް ބޯޅަ ޕާސް ކުރި އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *