ޓެކްސް ނުދެއްކި 285 ފަރާތެއްގެ އެކައުންޓް ފްރީޒްކޮށްގެން 90 މިލިއަން ރުފިޔާ ހޯދައިފި

ޓެކްސް ނުދެއްކި 285 ފަރާތެއްގެ އެކައުންޓް ފްރީޒްކޮށްގެން 90 މިލިއަން ރުފިޔާ ހޯދައިފި

މިދިޔަ އަހަރުގެ ތެރޭގައި 285 އެކައުންޓެއް ފްރީޒްކޮށް ނުދައްކާހުރި ޓެކްސް ފައިސާގެ ތެރެއިން 90 މިލިއަން ރުފިޔާ ހޯދައިފައިވާނެ ކަމަށް މޯލްޑިވްސް އިންލެންޓް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.

މިރާއިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެ އިދާރާއިން ވަނީ ޓެކްސް ފައިސާ ނުދައްކައިގެން ނޯޓިސް ފޮނުވުމުންވެސް ޓެކުހުގެ ފައިސާ ނުދެއްކި 285 ފަރާތެއްގެ އެކައުންޓް ފްރީޒްކޮށް 90.3 މިލިއަން ޓެކުހުގެ ފައިސާގެ ގޮތުގައި ހޯދައިފައެވެ.  އަދި ވަނީ ޓެކުހުގެ ފައިސާ ނުދެއްކުމުގެ ސަބަބުން 10،013 ފަރާތަކަށް ނޯޓިސް ފޮނުވައިގެން 2.2 ބިލިއަން ރުފިޔާ ހޯދައިފައެވެ.

މީގެ އިތުރުން ޓެކްސް ނުދެއްކުމުގެ ސަބަބުން 17،054 ފަރާތަކަށް ފިޔަވަޅުއަޅައި 3.9 ބިލިއަން ރުފިޔާ ހޯދައިފަ އެވެ. އަދި ޓެކްސް ފައިސާ ހޯދުމުގެ ގޮތުން 20 ފަރާތަކަށް ދައުވާކޮށްގެން ވަނީ 335،429 ރުފިޔާ ހޯދައިފަ އެވެ.

ޓެކްސް ނުދައްކާ ހުރި 6،234 ފަރާތަކުން ވަނީ އަމިއްލަ އިސްނެގުމުގައި ޓެކްސްގެ ފައިސާގެ ގޮތުގައި ނުދައްކާހުރި 1.4 ބިލިއަން ރުފިޔާ ދައްކައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *