ޔޫކްރެއިން ބަލިކޮށް ރޮމޭނިއާ އަށް ތާރީޚީ މޮޅެއް

ޔޫކްރެއިން ބަލިކޮށް ރޮމޭނިއާ އަށް ތާރީޚީ މޮޅެއް

ރޮމޭނިއާ އާއި ޔޫކްރެއިން ބައްދަލު ކުރި މެޗުގައި 3-0 ގެ ބޮޑު ތަފާތަކުން ރޮމޭނިއާ މޮޅުވެއްޖެ އެވެ.

ފުތަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ރޮމޭނިއާ ގެ ސްޓަންޗޫ ކާމިޔާބު ކޮށްފިން ގޯލުން ރޮމޭނިއާ ވަނީ 1-0 ގެ ލީޑެއް ނަގާފަ އެވެ. އެޓީމުގެ ގޯލަށް ފަހުގައި ވެސް ފަހަތަށް ނުޖެހި ޔޫކްރެއިން ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ޔޫކްރެއިން އިން ވެސް ދެވަނަ ހާފުގެ ފަހު ކޮޅަށް އެޅުމުން ރަނގަޅު ހަމަލާތަކެއް ރޮމޭނިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައި ވެއެވެ. އެ ޓީމުން މެޗުގެ ތެރެއަށް ވަދެ ކުޅުން ރަނގަޅު ކުރިއެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ދެވަނަ ހާފުގެ ކުޅުނ ފެށިގެން ދިޔައީ ޔޫކްރެއިންގެ ވަރުގަދަ ހަމަލާތަކެއް ރޮމޭނިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލައިގެން ނެވެ. އެހެން ނަމަވެސް ރޮމޭނިއާގެ ކުރިއަށް ކުޅެމުން އަންނަ މާރިން 53 ވަނަ މިނެޓުގައި އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލުހެ ތެރެއަށް ވަދެގެން އެޓީމުން ލީޑު ފުޅާކުރި އެވެ.

އެޔަށް ފަހު ޔޫކްރެއިން ޓީމުގެ ހިއްވަރު އެލިގެން ދިޔަ އެވެ. ޔޫކްރެއިން ޓީމަށް މެޗުގެ ތެރެއަށް ނުވަދެވި އޮޅެނިކޮށް ރޮމޭނިއާގެ ޑްރަގުސް 57 ޖެހި ގޯލަކުން އަނެއްކާވެސް ރޮމޭނިއާ އިން ވަނީ 3-0 އަކުން ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ޔޫކްރެއިން ގެ ކުޅުން ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މާގިނަ ހަމަލާތަކެއް ރޮމޭނިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ނުވެއެވެ.

ޔޫކްރެއިން އަށް ސުމެއް ކަނޑާނުލެވި އުޅެނިކޮށް ރެފްރީ ވަނީ މެޗު ނިންމާލާފަ އެވެ. ރޮމޭނިއާ އަށް މިއީ މުބާރާތުގައި ކުރިއަށް ދިއުމަށް ވަރަށް މުހިންމު މެޗެކެވެ. އަދި އެ ގައުމުގެ ތާރީޚުގައި ވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެޓީމުން މޮޅުވެފައި މިވަނީ އަލަށެވެ. މިއީ އެ ގައުމުގެ ފުޓްބޯޅަ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *