HAMBURG, GERMANY - DECEMBER 01: A general view of the Rathausplatz with the UEFA EURO 2024 Official Match Ball prior to the UEFA EURO 2024 Final Tournament Draw at Elbphilharmonie on December 01, 2023 in Hamburg, Germany. (Photo by Boris Streubel - UEFA/UEFA via Getty Images)

ޔޫރޯ 2024 – ޖަރުމަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ޔޫރޯ 2024 – ޖަރުމަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ޖަރުމަނުވިލާތުން ދަނީ ޓެރަރިޒަމް، ހޫލީނިޒަމް އަދި ސައިބަރ ސެކިއުރިޓީ ފަދަ ގިނަ ނުރައްކާތަކާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި މުބާރާތާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަނީ އެތައް ގުނައެއް މަތިކޮށްފައެވެ.

ޖަރުމަނުގެ ސަލާމަތީ ބާރު ތަކުން ޔޫރޯއަށް ތައްޔާރު ވުމުގެ ގޮތުން ތަފާތު އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ޖަރުމަނު ވިލާތުގެ ދާޚިލީ ވަޒީރާއި ހަވާލާދީ އެ ގައުމުގެ މީޑިޔާގައި ރިޕޯޓު ކޮށްފައިވެއެވެ.

"ގިނަ އަދަދެއްގެ މީހުން އެއްވާ ސަރަހަށްދު ތަކުގައި ފުލުހުން ވަރުގަދައަށް ފޯރިމަރަމުން ގެންދާނެ. މައިގަނޑު ގޮތެއްގައި ކުރަމުން ގެންދާނެ ކަމަކީ އެއީ. ޓެރަރިޒަމް އާއި ސައިބަރ އެޓޭކް ތަކުގެ މައުލޫމާތު ލިބެމުން އެބަދޭ. އެކުވެރި އެހެން ގައުމުތަކާއި ގުޅިގެން އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އެބަގެންދަން" ޖަރުމަނުގެ ދާޚިލީ ވަޒީރު ނެންސީ ފިއޭސާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.

މިފަހަރު ޖަރުމަނުން އިންތިޒާމުކުރާ [ޔޫރޯ 2024] އަކީ، 2006 ގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނުން އިންތިޒާމުކޮށް ކުރިއަށް ގެންދާ މިފަދަ ފުރަތަމަ މުބާރާތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *