އިންޑިޔާގެ ރައީސް މުރުމޫ ދެއްވި ޖާފަތެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

އިންޑިޔާގެ ރައީސް މުރުމޫ ދެއްވި ޖާފަތެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

އިންޑިޔާގެ އަވައްޓެރި ޤައުމު ތަކުގެ އިސްވެރިންގެ ޝަރަފުގައި އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ރަސްމީ ޖާފަތް ބާއްވަވާފައި ވަނީ އިންޑިޔާގެ ބޮޑުވަޒީރާ އަދި އިންޑިޔާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާ ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުގައެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ މުޙައްމަދު ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ވަޑައިގެންނެވީ އިންޑިޔާގެ ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިޔާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *