މީރާއަށް 3.6 މިލިޔަން ޑޮލަރު ދައްކަން ގޯ އެއާގެ މައްޗަށް ހުކުމް ކޮށްފި

މީރާއަށް 3.6 މިލިޔަން ޑޮލަރު ދައްކަން ގޯ އެއާގެ މައްޗަށް ހުކުމް ކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 3.6 މިލިއަން ޑޮލަރު ދައްކަން އިންޑިޔާގެ "ގޯ އެއާރ" ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ގޯ އެއާރ އިން މީރާއަށް ދައްކަންޖެހޭ، އެކަމަކު މިހާތަނަށް ނުދައްކައި ހުރި ޖުމްލަ ފައިސާ ހޯދުމަށް މީރާގެ ފަރާތުން ގޯއެއާރގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ހުކުމް ކުރި ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި 3،580،588 ޑޮލަރު މީރާއަށް ދެއްކުމަށެވެ. ކޯޓުން އެ ގޮތަށް ހުކުމް ކުރީ ގޯ އެއާރގެ ޣައިރު ހާޒިރުގައެވެ.

އެއީ ސިވިލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑު އެހުން ތަކަށް ހާޒިރުވުމަށް ގޯ އެއާރ، ކުރިން ހިންގި އޮފީހުގެ އެޑްރެހަށް މައްސަލައިގެ ޗިޓު ރައްދު ކުރަން މަސައްކަތް ކުރި ނަމަވެސް، ޗިޓު ރައްދު ކޮށްދެވިފައި ނުވާތީއެވެ. އަދި އެ އެއާރލައިން މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަމުން ނުދާކަން ކޯޓުގެ ހުކުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *