ޝަރުތުތަކަކާއެކު މަންޑޭ ބަންދުން ދޫކޮށްލައިފި

ޝަރުތުތަކަކާއެކު މަންޑޭ ބަންދުން ދޫކޮށްލައިފި

ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ)
ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި އެވެ.

ކުރިމިނަލް ކޯޓުގައި މަންޑޭގެ މައްޗަށް ކުރާ ދައުވާތަކަށް އޭނާ ކޯޓަށް ހާޒިރުނުވާތީއާއި ޝަރީއަތަށް އެއްބާރުލުން ދެމުން ނުދޭތީ ޝަރީއަތް ނިމެންދެން މަންޑޭ ބަންދުކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ.
މަންޑޭގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ފަރާތުން ވަނީ ބަންދަށް ލުޔެއް ދިނުމަށް އެދިފަ އެވެ.
މި މައްސަލައިގައި ގިނަ ހެކިންގެ ހެކިބަސް ނެގިފައިވާތީ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތަށް އެއްބާރުލުން ދިނުން ޝަރުތުކޮށް މަމްދޫހު ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
މަންޑޭ ޝަރީއަތަށް އެއްބާރުލުން ނުދޭނަމަ ބަންދުކުރަން އަނެއްކާ ވެސް އަމުރުކުރައްވާނެ ކަމަށް ގާޒީ މިއަދު ވިދާޅުވި އެވެ.
މަމްދޫހުގެ މައްޗަށް 104 ދައުވާއެއް ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

50 ދައުވާ: ޓެކުމުގެ ކުށް
50 ދައުވާ: އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށް

3 ދައުވާ: މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށް
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *