އުރީދޫ އިން ޕީ.އެސް.ޖީގެ ކުރީގެ ތަރި ޖޭ-ޖޭ އޮކޯޗާ ރާއްޖެ ގެންނަނީ

އުރީދޫ އިން ޕީ.އެސް.ޖީގެ ކުރީގެ ތަރި ޖޭ-ޖޭ އޮކޯޗާ ރާއްޖެ ގެންނަނީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ފުޓްބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ޖުލައި މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަން އެކުން ފުނިން އިއުލާނު ކޮށްފިއެވެ.

އެކުންފުނިން ބުނީ، މި ދަތުރަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އޮތް ޕާޓްނާޝިޕްގެ ސަބަބުން މަގުފަހި ވެގެން ދިޔަ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އަމާޒު ކޮށްގެން ގިނަ ހަރަކާތް ތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދުމަށް ކަސްޓަމަރުންނަށް އަމާޒު ކޮށްގެން ސޯޝަލް މީޑިޔާ ކޮންޓެސްޓުގައި PSGLegendinMV# ހޭޝްޓެގް ބޭނުން ކޮށްގެން ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މި ކޮންޓެސްޓުގައި 10 ޖޫންއާއި ހަމައަށް ބައިވެރި ވެވޭނެއެވެ. މި ކޮންޓެސްޓުގައި ބައިވެރިވާ ފަރާތް ތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ 5 ފަރާތަށް އޮކޯޗާ އާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެއިތުރުން، ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ޕީއެސްޖީ އެކަޑަމީގެ 2 ޓްރެއިނިން ސެޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްދާނެއެވެ. މި ސެޝަންތައް ކުރިއަށް ދާނީ ޕީއެސްޖީ އެކަޑަމީގެ 2 ކޯޗުންނާއި އެކުއެވެ.

 

ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރައްވާ ފަރާތް ތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގެންނެވި ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ. ގުރުއަތުން ހޮވޭ ދެ ނަސީބު ވެރިންނަށް އުރީދޫ ފަން ރަންގައި ބައިވެރިވެ، ޖޭ-ޖޭ އޮކޯޗާއާ ބައްދަލު ކުރުމަށް ލާމު އަތޮޅަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

ޖޭ ޖޭ އޮކޯޗާ މިމަހުގެ ފަސް ވަނަ ދުވަހު ލ ގަމުގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވާނެއެވެ. މި އިވެންޓުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް 10 ޖޫން 2024 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

އޮގަސްޓީން އަޒުކާ "ޖޭ-ޖޭ" އޮކޯޗާ އަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ނައިޖީރިއާގެ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ކާމިޔާބުކޮށް، ފީފާ ވޯލްޑް ކަޕަށް ދިޔަ ޓީމުގައި ތިން ފަހަރަށް ހިމެނިފަައެވެ.

އޭނާ ފާހަގަ ކުރެވެނީ އެފްރިކާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ. ހިތްގައިމު ހުނަރާއި އާދަޔާ ޚިލާފު ޕްލޭމޭކިން ގާބިލު ކަމަށް މަޝްހޫރު ޖޭ-ޖޭ އޮކޯޗާ ރާއްޖޭގައި ހުންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮކޯޗާގެ މި ދަތުރުގައި ކޮމިއުނިޓީ ހަރަކާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ ރީތިކަން އޭނާގެ ފޭންބޭސްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ޕީއެސްޖީގެ ފޮލޯވަރުންނަށް ދައްކާލާނެއެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕަރޓްނަރޝިޕް ގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތް ތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިޔާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތް ތަކެއް ދަނީ ކުރެވެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *